Advertisement

ބެލަމީ ބަނގުރޫޓު ވެއްޖެ، ޒުވާން ކުޅުންތެރިންނަށް ދިނީ އިންޒާރެއް

4 އޭޕްރީލް 2023 - 12:50 0


ބެލަމީ ބަނގުރޫޓު ވެއްޖެ، ޒުވާން ކުޅުންތެރިންނަށް ދިނީ އިންޒާރެއް

4 އޭޕްރީލް 2023 - 12:50 0

ލަންޑަން (އޭޕްރީލް 4) - ޕްރިމިއާ ލީގުގެ ގިނަ ކްލަބުތަކަަށް ކުޅުނު ވޭލްސްގެ ކުރީގެ ކެޕްޓަން ކްރެއިގް ބެލަމީ ބަނގުރޫޓުވެ، މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައިކަމަށް ހާމަކޮށްފި އެވެ.

މި ލިބުނު ހިތި ތަޖުރިބާގައި، ބެލަމީ ޒުވާން ކުޅުންތެރިންނަށް ދިނީ ވަރުގަދަ އިންޒާރެކެވެ.

މިހާރު ބާންލީގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރަމުންދާ ބެލަމީ، 43، އަކީ ކުރިން ޕްރިމިއާ ލީގުގެ މަޝްހޫރު ކުޅުންތެރިއެކެވެ. މެންޗެސްޓާ ސިޓީ އާއި ވެސްޓް ހޭމް އަދި ލިވަޕޫލަށް އޭނާ ކުޅުނުއިރު، އޭނާގެ ކެރިއަރުގައި ޓްރާންސްފާ ފީތަކުގެ ގޮތުގައި ޖުމްލަ 43 މިލިއަން ޕައުންޑް (50 މިލިއަން ޑޮލަރު) ކްލަބުތަކުން ވަނީ ހޭދަކޮށްފަ އެވެ.

ވޭލްސްގެ ގައުމީ ޓީމަށް ވެސް ގިނަ މެޗުތަކެއް ކުޅެފައިވާ ބެލަމީގެ ކެރިއަރުގައި އޭނާ އަށް ތަނަވަސްކަން ލިބުނު ނަމަވެސް، މިއަދު އޭނާ އަކީ ބަނގުރޫޓުވެފައިޥާ މީހެއް ކަމަށް ބެލަމީ ވަނީ ބުނެފަ އެވެ. އަދި މި ހާލަތަށް އޭނާ ވެއްޓުނީ ބަޔަކަށް އިތުބާރުކޮށް ކުރި އިންވެސްޓްމަންޓްތައް ކާމިޔާބުނުވުމުން ކަމަށެވެ.

"މިހާރު އަހަރެން މި ހުރި ހިސާބަށް ބަލާއިރު، ބަނގުރޫޓުވުމަކީ ލިބުނު ލުޔެއް. މިހާރު ދެން އަނެއްކާ ވެސް ދިރިއުޅުމުގެ ފުރުސަތު ލިބޭނެ. ބައެއް މީހުން ބުނާނެ އަހަރެން ރަލާއި ޑްރަގްސް އާއި ޖުއާ ކުޅުމުގައި ލާރިތައް ގެއްލުވާލީއޭ. އެކަމަކު އަހަންނަކީ އެހެން އުޅޭ މީހެއް ނޫން" ބެލަމީ ބުންޏެވެ.

ބެލަމީ ބުނީ މާލީ ގޮތުން ދިމާވި މައްސަލަތަކާ ގުޅިގެން، 2020 ވަނަ އަހަރު އޭނާ ޑިޕްރެޝަނަށް ވެއްޓުނު ކަމަށެވެ.

ކުރެވުނު ހިތި ތަޖުރިބާތަކަށް ފަހު، ބެލަމީ ދިނީ އަރަމުންނަ ޒުވާން ކުޅުންތެރިންނަށް އިންޒާރެކެވެ. ބެލަމީ ބުނީ މާލީ ކަންތައްތައް ބަލަހައްޓަން ހަވާލުވާ މީހުންނަކީ ރަނގަޅު ބައެއްތޯ ވަރަށް ގާތުން ބަަލަންޖެހޭ ކަމަށެވެ.