Advertisement

ހޭންޑްބޯޅަ ކޯޗު ހައިޝަމް ބައިނަލްއަގުވާމީ ކޯޗިން ކޯހަކަށް ހަންގޭރީ އަށް

2 އޭޕްރީލް 2023 - 13:22 0


ހޭންޑްބޯޅަ ކޯޗު ހައިޝަމް ބައިނަލްއަގުވާމީ ކޯޗިން ކޯހަކަށް ހަންގޭރީ އަށް

2 އޭޕްރީލް 2023 - 13:22 0

ހަންގޭރީގެ ބުޑަޕެސްޓުގައި ކުރިއަށްދާ އިންޓަނޭޝަނަލް ކޯޗިން ކޯހުގައި ބައިވެރިވުމަށް ހޭންޑްބޯޅަ ކޯޗު އިބްރާހިމް ހައިޝަމް އަބްދުﷲ ފުރައިފި އެވެ.

މި މަހު ތިން ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހު ދެ ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހައިޝަމް އަށް ލިބުނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ހަންގޭރީގެ ޔުނިވާސިޓީ އޮފް ސްޕޯޓްސް ސައިންސްގައި ކުރިއަށްދާ މި ކޯހުގައި ކޯޗިންގެ ބޭސިކުން ފެށިގެން ސްޕޯޓްސް ސައިންސާއި ގުޅޭ ގިނަ ކަންތައްތަކެއްވެސް ދަސްކޮށްދެވޭނެ އެވެ.

ސްރީ ލަންކާ އާއި ރާއްޖެ ބައްދަލުކުރި ހޭންޑްބޯލް މެޗެއްގެ ތެރެއިން ހައިޝަމް.


މި ފަހަރު ކޯޗުން ފުރުސަތު ލިބުނު ހައިޝަމް ވަނީ ހޭންޑްބޯލް މޯލްޑިވްސް އުފެދިގެން އެ އެސޯސިއޭޝަންގެ މަސައްކަތްތައް 2013 ގައި ފެށިގެން ކުރިއަށްދިޔައީސުރެ އެކި ގޮތް ގޮތުން އެސޯސިއޭޝަންގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

އެ ގޮތުން، ސްކޫލް ލެވެލްގެ ޓީމްތަކުން ފެށިގެން ގައުމީ ފެންވަރުގެ ޓީމްތަކާއި ގައުމީ ޓީމްތަކުގައި ވެެސް ހައިޝަމް ވަނީ ފާއިތުވި ނުވަ އަހަރެއްހާ ދުވަހު މަސައްކަތްކޮށްފަ އެވެ.

ހައިޝަމްގެ ކޯޗިންގެ މަސައްކަތުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ހޭންޑްބޯލް މޯލްޑިވްސް އިން ހިންގާ އެކި އެކި ކޯޗިން ޕްރޮގްރާމްތަކުގައި އިންސްޓަރަކްޓަރެއްގެ ގޮތުން އޭނާ ކޮށްފައިވާ މަސައްކަތްތަކެވެ. އެ ގޮތުން މާލޭގައި ގިނަ ޕްރޮގްރާމްތަކެއް އޭނާ ހިންގައިދީފައިވާއިރު، ގިނަ ރަށްތަކެއްގައި ހިލޭ ސާބަހަށް ކޯޗިން ކޯސްތައް ހިންގައިދިނުމުގައި ބޮޑު އެހީތެރިކަމެއް އޭނާ ވަނީ ދީފަ އެވެ.

ހަންގޭރީގައި ކުރިއަށްދާ އިންޓަނޭޝަނަލް ކޯޗިން ކޯސް މީގެ ކުރިން ރާއްޖޭގެ ގިނަ ކުޅިވަރުތަކެއްގެ ކޯޗުންތަކެއް ވަނީ ފުރިހަމަކޮށްފަ އެވެ. މިގޮތުން ހޭންޑްބޯޅަ، ފުޓްބޯޅަ، ވޮލީބޯޅަ އަދި ބާސްކެޓްގެ ވެސް އެކި ފަންތީގެ ކޯޗުން ވަނީ މި ކޯސް ފުރިހަމަކޮށްފަ އެވެ.