Advertisement

ގައުމީ ހޭންޑްބޯޅަ ޓީމުގެ މެނޭޖަރުންނަށް ހަންޑެ އާއި ރިޒީ

9 ޖޫން 2023 - 10:01 2

ގައުމީ ހޭންޑްބޯލް ޓީމުގެ މެނޭޖަރުންނަށް ހަމަޖެއްސި ހަންޑެ އާއި ރިޒީއާ އެކު، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް މުޖުތަބާ އާއި ނައިބު ރައީސް މެމްބަރު އިޔާޒު.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް


ގައުމީ ހޭންޑްބޯޅަ ޓީމުގެ މެނޭޖަރުންނަށް ހަންޑެ އާއި ރިޒީ

9 ޖޫން 2023 - 10:01 2

ގައުމީ ސީނިއާ ހޭންޑްބޯޅަ ދެ ޓީމުގެ މެނޭޖަރުންގެ ގޮތުގައި އަހުމަދު ހައިޝަމް (ހަންޑެ) އާއި ޒުލެއިހާ އިބްރާހިމް (ރިޒީ) ހަމަޖައްސައިފި އެވެ.

ރިޒީ އާއި ހަންޑެ އަށް ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ މެނޭޖަރުގެ ޒިންމާ ހަވާލުކޮށްފައިވަނީ އަންނަ އޮގަސްޓް މަހު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ގައުމީ ޓީމުގެ ކަންކަން ރާވައި ހިންގުމުގައި ދުރާލާ ކަންކަން ރޭވުމުގައި ފަސޭހަ ކުރުމުގެ ގޮތުންނެވެ.

އޮގަސްޓް 22 އިން ސެޕްޓެމްބަރު 4 އަށް މަޑަގަސްކަރާގައި ބާއްވާ އައިއޯއައިޖީގައި ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމާއި އަންހެން ހޭންޑްބޯޅަ ޓީމު ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ގައުމީ ސްކޮޑު އެކުލަވާލައިގެން، އައިއޯއައިޖީ އަށް ހޭންޑްބޯޅަ ސީނިއާ ޓީމުތައް ރަސްމީކޮށް، އަންނަ މަސް ތެރޭގައި ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވާއިރު، އެސޯސިއޭޝަނުން އަންނަނީ ތައްޔާރީތަކުގެ ޕްލޭންތަކާ ގުޅޭގޮތުން ވެސް މުހިންމު ކަންތައްތަކެއް ހަމަޖައްސަމުންނެވެ. އެ ގޮތުން، މުބާރާތާ ދިމާކޮށް ގައުމީ ޓީމުތައް ޓްރެއިނިން ކޭމްޕެއް ދިއުމުގެ ކަންކަން ވެސް އަންނަނީ ރާވަމުންނެވެ.

ސީނިއާ އަންހެން ޓީމުގެ މެނޭޖަރަކަށް ހަމަޖެއްސި ރިޒީ އަކީ ގައުމީ ހޭންޑްބޯޅަ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ރިޒީ މި ވަގުތު އަންނަނީ ކަކުލަށް ލިބިފައިވާ އަނިޔާ އަށް ކުރި އޮޕަރޭޝަނަށް ފަހު ރިކަވާވަމުންނެވެ.