ރޯދަ ރީލު؛ ވީޑިއޯކްލަބުގެ ފިލްމުތަކާއި ސީރީޒް އައިސްޓީވީ އަށް

Mar 25, 2023, 8:16 AM
ރޯދަ ރީލު؛ ވީޑިއޯކްލަބުގެ ފިލްމުތަކާއި ސީރީޒް އައިސްޓީވީ އަށް

މީޑިއާނެޓުގެ ވީޑިއޯކްލަބުން ބެލެން ހުންނަ ފިލްމުތަކާއި ސީރީޒްތައް އެ ކުންފުނީގެ އައިސް ޓީވީ މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށް ނިންމައިފި އެވެ. މި ޕްރޮގްރާމް އައިސް ޓީވީން ކުރިއަށްގެންދާނީ "ރޯދަ ރީލް" ގެ ނަމުގަ އެވެ.

އެގޮތުން، ޖުމްލަ 10 ފިލްމާއި 5 ސީރީޒް ބެލުންތެރިންނަށް އައިސް ޓީވީ މެދުވެރިކޮށް ބަލާލެވޭނެ ކަމަށާއި، ފަސް ސީރީޒް އަދި ބައެއް ފިލްމުތައް އެއީ ހަމައެކަނި ވީޑިއޯކްލަބުން ބެލެން ހުންނަ، މީގެ ކުރިން ޓީވީއިން ދައްކާފައިނުވާ ފިލްމުތައް ކަމަށް ވެސް މީޑިއާނެޓުން ބުނެ އެވެ.

"ރޯދަ ރީލް" ގައި ކޮންމެ ބުރާސްފަތި އަދި ހުކުރު ދުވަހެއްގެ ރޭގަނޑު 11:00 ގައި ޖަހާއިރު ބެލުންތެރިންނަށް އާ ފިލްމެއް "ބަރާބަރު ބުރާސްފަތި"ގެ ނަމުގަ ގެނެސްދޭނެ އެވެ. އަދި، ހުކުރު ދުވަހުގެ ފިލްމުތައް ގެނެސްދެނީ "ހުކުރު ހަދިޔާ"ގެ ނަމުގަ އެވެ.

"ބަރާބާރު ބުރާސްފަތި" ގެ ފިލްމުތައް؛

  • 23 މާރޗް 2023 - އިޚްތިޔާރު
  • 30 މާރޗް 2023 - ވާ ލޯބި އިނގޭނަމަ ކަލާ
  • 06 އޭޕްރިލް 2023 - އެދަރިފުޅު
  • 13 އޭޕްރިލް 2023 - ހިތް ރޮއްވާނުލާ
  • 20 އޭޕްރިލް 2023 - ހިތުގެ އެދުން

"ހުކުރު ހަދިޔާ" ގެ ފިލްމުތައް؛

  • 24 މާރޗް 2023 - ހެހެސް
  • 31 މާރޗް 2023 - ވެހޭ ވާރޭ ތެރެއިން
  • 7 އޭޕްރިލް 2023 - އަނދިރިކަން
  • 14 އޭޕްރިލް 2023 - ނިއުމާ
  • 21 އޭޕްރިލް 2023 - ހައްދު

މި ފިލްމުތަކުގެ އިތުރުން ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުދައާ ހަމަށް މީޑިއާނެޓުގެ އޮރިޖިނިލް ސީރީސްތައް ވެސް ގެނެސްދޭނެ އެވެ. މިއީ ވީޑިއޯކްލަބުގެ ބެލުންތެރިން މެދުގައި މަގުބޫލުކަން ހޯދާފައިވާ ސީރީޒްތަކަކަށް ވިޔަސް، އަލަށް ޓީވީއިން ގެނެސްދޭ ސީރީޒްތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އައިސްޓީވީން ގެނެސްދޭނެ މީޑިއާނެޓުގެ އޮރިޖިނަލް ސީރީސްތައް؛

  • ހޮނިހިރު - ގާލްފްރެންޑް
  • އާދީއްތަ - ބަލްގިޝް
  • ހޯމަ - ދޯދި
  • އަންގާރަ - ލަފްޒު ސީޒަން 1
  • ބުދަ - ގިރިދަ

މިއާއެކު މާޗު 29 ގައި، "ލަފްޒު" ގެ ދެވަނަ ސީޒަން އަދި މާޗް 28، ގައި މުޅިން އާ ސީރީސްއެއް ކަމަށްވާ "ހިތް ކަލާޔަށް އެދޭތީ" ރިލީސްކޮށް ސްޓްރީމިންއަށް ދޫކޮށްލާނެ އެވެ. އަދި، ފުރަތަމަ ދެ ދުވަހު މީޑިއާނެޓުގެ ވީޑިއޯކްލަބް، އެމްއެސް ޓީވީ، އެމްއެސް ލައިޓް އަދި އެމްއެސް ޑިޖިޓަލް މެދުވެރިކޮށް ދެ ސީރީޒްގެ ފުރަތަމަ އެޕިސޯޑު ހިލޭ ބަލާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

Newsletter

Get the latest news delivered straight to your inbox