Advertisement

ހޮޖްސަން އެނބުރި ޕެލަސް އަށް

21 މާރިޗު 2023 - 22:49 0


ހޮޖްސަން އެނބުރި ޕެލަސް އަށް

21 މާރިޗު 2023 - 22:49 0

ލަންޑަން (މާޗު 21) - މި ސީޒަންގެ ނިޔަލަށް ކްރިސްޓަލް ޕެލަސްގެ ކޯޗުކަން އެ ޓީމަށް ކުރިން ވެސް ކޯޗުކޮށްދިން ރޯއީ ހޮޖްސަންއާ ހަވާލުކޮށްފި އެވެ.

މި ސީޒަންގެ ނިޔަލަށް ހޮޖްސަން، 75، އާ ޕެލަސްގެ ކޯޗުކަން މި ހަވާލުކުރީ އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗުކަމުން ފްރާންސްގެ ޕެޓްރިކް ވިއޭރާ ވަކިކުރުމަށް ފަހު އެވެ. ވިއޭރާގެ އިރުޝާދުގެ ދަށުން ޕެލަސް ވަނީ މޮޅެއް ނުވެ، 12 މެޗު ހަމަކޮށްފަ އެވެ.

ވިއޭރާއާ 2021 ވަނަ އަހަރުގެ ޖުލައި މަހު ޕެލަސްގެ ކޯޗުކަން ހަވާލުކުރީ ހޮޖްސަންގެ ބަދަލުގަ އެވެ.

"ޕެލަސް އަށް އެނބުރި އަންނަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަހުރެއް،" ހޮޖްސަން ބުންޏެވެ.

"މިހާރު ދެން މަސައްކަތްކުރަންވީ މެޗުތަކުން މޮޅުވެ، ޕްރިމިއާ ލީގުގައި ދެމި އޮވެވޭވަރު ކުރުން."

ހޮޖްސަން ޕްރިމިއާ ލީގުގައި އެންމެ ފަހުން މަސައްކަތްކުރީ 2022 ވަނަ އަހަރު ވޮޓްފޯޑްގެ ކޯޗެއްގެ ގޮތުގައެވެ. އެކަމަކު، އެ ޓީމު ރެލިގޭޓްވުމުން އޭނާ ވަނީ މަގާމުން ވަކިވެފައެވެ.

ހޮޖްސަން ބުނީ ޕްރިމިއާ ލީގުގައި މަސައްކަތްކުރުމުގެ ފުރުސަތު ދެން ލިބޭނެކަމަށް އޭނާ އުންމީދުނުކުރާ ކަމަށެވެ. ޕެލަސް އޮތީ ލީގު ތާވަލްގެ 12 ވަނައިގައެވެ. އެކަމަކު ރެލިގޭޝަން ޒޯނުން އެ ޓީމު ސަލާމަތްވެ އޮތީ ތިން ޕޮއިންޓްގެ ފަރަގަކުންނެވެ.

ހޮޖްސަންގެ 45 އަހަރުވީ ކޯޗިން ކެރިއަރުގައި އޭނާ ވަނީ ލިވަޕޫލާއި ފުލަމް އާއި ބްލެކްބާން އަދި އިންޓަ މިލާނަށް ވެސް ކޯޗުކޮށްދީފަ އެވެ. އަދި އޭގެ އިތުރުން އިންގްލެންޑް ގައުމީ ޓީމުގެ ކޯޗަކަށް ވެސް ވަނީ މަސައްކަތްކޮށްފަ އެވެ.