Advertisement

މަޑަވެލީގެ މަގެއްގެ މަތީގައި އަންހެނަކަށް އަނިޔާކުރި މީހަކު ހައްޔަރު ކޮށްފި

21 މާރިޗު 2023 - 19:48 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގދ، މަޑަވެލި - ފޮޓޯ: ގާފު އޮންލައިން


މަޑަވެލީގެ މަގެއްގެ މަތީގައި އަންހެނަކަށް އަނިޔާކުރި މީހަކު ހައްޔަރު ކޮށްފި

21 މާރިޗު 2023 - 19:48 0

ގދ. މަޑަވެލީ މަގުމަތީ އަންހެނަކު ދަމާފައި ގެނެސް، އެ އަންހެން މީހާއަށް އަނިޔާކުރި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މަޑަވެލީގައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލެއް މިއަދު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލާގައި އެ ރަށުން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އަނިޔާވި އަންހެން މީހާއަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ފިރިހެން މީހާ އަންހެންމީހާ މަގުމަތީގައި ދަމާ، އޭނާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ފިރިހެން މީހާ ވަނީ އަންހެން މީހާގެ އިސްތަށިގަނޑުގައި ހިފާއިގެން ދަމާފައި ގެނެސް، އޭނާގެ މޫނުގައި ޖަހާ އަނިޔާކޮށްފަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ތިބި ގިނަ މީހުން ފިރިހެން މީހާގެ އަނިޔާ ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެ އެވެ. ނަމަވެސް، ވަކި ހިސާބަކުން އެހެން ފިރިހެނަކު އަނިޔާކުރަމުންދިޔަ ފިރިހެންމީހާ ހުއްޓުވަން މަސައްކަތް ކޮށްފައިވާތަން ފެނެ އެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.