Advertisement

މޮޓޯކޭޑު މައްސަލައިގައި ކޮމާންޑިން އޮފިސަރު ސަސްޕެންޑުކޮށް، ސީރިއަސް ތަހުގީގެއް ފަށައިފި

21 މާރިޗު 2023 - 15:35 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރޭ ޕީޕީއެމް މުޒާހަރާ ކުރި ތަނުގައި ރައީސްގެ ކާރުކޮޅު މަޑުކޮށްގެން: އެ މައްސަލައިގެ ތަހުގީގު ވަރަށް ސީރިއަސްކޮށް އެބަ ކުރިއަށްދޭ -- ފޮޓޯ: ޕީޕީއެމް


މޮޓޯކޭޑު މައްސަލައިގައި ކޮމާންޑިން އޮފިސަރު ސަސްޕެންޑުކޮށް، ސީރިއަސް ތަހުގީގެއް ފަށައިފި

21 މާރިޗު 2023 - 15:35 1

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރު ކުރައްވަމުން ދިޔަ ކާރުކޮޅު ރޭ އިދިކޮޅުން ކުރި މުޒާހަރާގެ މެދުގައި "ތާށިވި" މައްސަލައިގައި ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު އަބްދުﷲ މުހައްމަދު ވަޒީފާއަށް ނިކުތުން މަނާކޮށް، ކަންތައް ހިނގައިދިޔަ ގޮތް ބެލުމަށް ސީރިއަސް ތަހުގީގެއް ފަށައިފި އެވެ.

އެ މައުލޫމާތު އެނގޭ މީހަކު، ނޫހުގައި ނަން ނުޖެހުމަށް އެދި "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހުޅުމާލޭގައި އޮތް ހަފުލާއަކަށް ވަޑައިގަތުމަށްފަހު، އެނބުރި މުލިއާގެއަށް ދަތުރުކުރައްވަނިކޮށް އިދިކޮޅު ޕީޕީއެމުން އޮފީސް ކުރިމަތީގައި ކާރުކޮޅު ހުއްޓަން ޖެހުނު މައްސަލަ ސިފައިންގެ ވެރިން ނަގަނީ ވަރަށް ސީރިއަސްކޮށް ކަމަށެވެ.

އެ މައްސަލައިގައި ކޮމާންޑިން އޮފިސަރު އަބްދުﷲ މުހައްމަދުގެ އިތުރުން އޭނާގެ ދަށުން މަސައްކަތް ކުރާ ބައެއް އެހެން ސިފައިންގެ މީހުން ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެ މައްސަލަ ސިފައިންގެ އިންޓާނަލް ކޮމެޓީއަކުން މިހާރު ތަހުގީގު ކުރަން ފަށާފައިވާއިރު އެ ކޮމެޓީ ޗެއާ ކުރައްވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

ރައީސްގެ ކާރުކޮޅު ޕީޕީއެމްގެ މުޒާހަރާގެ މެދުގައި ތާށިވެ ރޭ 11:00 ހާއިރެވެ. އެއްވެސް ކޮޅަކަށް ކާރު ނުދުއްވައި ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު، ޕީޕީއެމް އޮފީސް ކުރިމަތީ މަޑުކޮށްގެން އޮތް ކަމަށްވެ އެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި ކަމަށް ބުނެ ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އިތުރު ތަފުސީލު އަންނަނީ ---