Advertisement

މާލެއިން އަނެއްކާވެސް މީހަކު ގެއްލިގެން ހޯދަން ފަށައިފި

21 މާރިޗު 2023 - 12:31 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގެއްލިގެން ހޯދަމުންދާ ކ. މާލެ، ހ. ކޯލީފްލާވަރ، އަހުމަދު ނާޝިދު، 46 - ފޮޓޯ: ފުލުހުން


މާލެއިން އަނެއްކާވެސް މީހަކު ގެއްލިގެން ހޯދަން ފަށައިފި

21 މާރިޗު 2023 - 12:31 0

މާލެއިން އަނެއްކާވެސް މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ކ. މާލެ، ހ. ކޯލީފްލާވާ، އަހުމަދު ނާޝިދު، 46، ގެއްލިގެން އެ އިދާރާއަށް ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ނާޝިދު ގެއްލިފައިވަނީ މި މަހުގެ 15 ގައި ކަމަށެވެ. އަދި، އޭނާގެ އާއިލާއިން ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މި މަހުގެ 19 ގައި ކަމަށާއި އެ ދުވަހުން ފެށިގެން ފުލުހުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އޭގެއިތުރުން ނާޝިދު ގެއްލިގެން ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މައުލޫމާތުތައް ހިއްސާކޮށްފައިވީ ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ހޯދިފާ ނުވާ ކަމަށެވެ.

ނާޝިދުއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅާ ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.