Advertisement

އާޓިފިޝަލް ބީޗުން ފަތުރުވެރިއެއްގެ ދަބަހެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

19 މާރިޗު 2023 - 16:19 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އާޓިފިޝަލް ބީޗުން ފަތުރުވެރިއެއްގެ ދަބަހެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

19 މާރިޗު 2023 - 16:19 0

މާލޭ އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި އެ ދަބަހުގައި އޮތް ކޭޝްކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ ހޯދީ އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އެ ސަރަހައްދުގައި ހުރި ސެކިއުރިޓީ ކެމެރާތަކުގެ ފުޓޭޖު ބަލައިގެން އެ މީހާ ދެނެގަތުމަށްފަހު ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހާ ވަގަށް ނެގި ދަބަހުގައި އޮތް ކޭޝްކާޑުން 5،000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރިކޮށްފައި ކަމަށާއި އޭނާ ގަތް މުދާ މިހާރު ފުލުހުން ހޯދާފައިވާ ކަމަށް ވެސް ފުލުހުން މިއަދު ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

މާލެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަތުން ފޭރުމާއި ވައްކަންކުރުމަކީ އާންމުކޮށް ދިމާވާ ކަމެއް ނޫން ނަމަވެސް މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ފެންމަތިވެފައިވެ އެވެ.