Advertisement

އިންތިހާބު ކާމިޔާބު ކުރަން ޖޭޕީ އާއި ގާސިމަކީ ގޮންޖެހުމެއް ނޫން: މިއުވާން

16 މާރިޗު 2023 - 21:23 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް (ވ): ސަރުކާރުން ވަނީ ގާސިމް ނުލާވެސް އިންތިހާބު ކާމިޔާބު ކުރުމަށް ގޮންޖެހުމެއް ނެތްކަމަށް ބުނެފަ - ފޮޓޯ:ރައީސް އޮފީސް


އިންތިހާބު ކާމިޔާބު ކުރަން ޖޭޕީ އާއި ގާސިމަކީ ގޮންޖެހުމެއް ނޫން: މިއުވާން

16 މާރިޗު 2023 - 21:23 3

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ގޮންޖެހުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ފުރަތަމަ ވިދާޅުވީ ޖޭޕީގެ ކެންޑިޑޭޓެއް އަދި ނެތް ކަމަށާއި އެ ޕާޓީގެ ލީޑަރަށް، ކޯލިޝަން ހެދުމަށް އެދި ރައީސް ފޮނުއްވި ސިޓީއަށް އަދި ޖަވާބު ނުދެއްވާ ކަމަށެވެ.

'ރައީސް ވިދާޅުވެފަ އޮތީ ކޯލިޝަނަކާ އެއްކޮށް މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް، ރައީސާއެކު ކޯލިޝަން ހަދާނެކަން އިއުލާންކޮށްފި އަދާލަތު ޕާޓީ އަދި އެމްޑީއޭއިން އެހެންވީމަ ވަރަށް ޔަގީންކަމާއެކު މި އިންތިހާބު ކާމިޔާބު ކުރެވޭނެ. [ޖޭޕީ ވަކިން ނުކުތުމަކީ] ރައީސަށް ޗެލެންޖެއް ނޫން،" މިއުވާން ވިދާޅުވި އެވެ.

ރައީސް ސޯލިހާއެކު ކޯލިޝަން ނުހަދާ، ކުރިއަށް އޮތް އިންތިހާބުގައި ޖޭޕީން ވަކިން ނުވަތަ އެ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން ނިކުންނަން އެ ޕާޓީގެ ކައުންސިލުން ނިންމީ މި މަހުގެ 14 ގަ އެވެ. އެއާއެކު އެ ޕާޓީން މިއަދު ވަނީ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއެއް ބާއްވާނެކަން އިއުލާންކޮށްފަ އެވެ.

ޖޭޕީއިން މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރިއިރު އެ ޕާޓީއަށް އެ ދެ އަހަރުވެސް ފުރަތަމަ ބުރުގައި ލިބުނީ ތިން ވަނަ އެވެ. އެ ދެ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރީ ޖޭޕީން ކޯލިޝަން ހެދި ޕާޓީއިންނެވެ.

އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު އޮތް އިރު، ގާސިމް ހިމެނޭހެން އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ތިބީ ޖަލު ހުކުމެއްގައި ނުވަތަ ހުކުމެއް ނެތި ބަންދުގަ އެވެ. އެހެންކަމުން ޖޭޕީއިން ކުރިމަތިނުލާ ނިންމީ، އިދިކޮޅު އެހެން ޕާޓީތަކާއެކު ކޯލިޝަނެއް ހަދާ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް ސޯލިހަށް ތާއީދު ކުރުމަށެވެ.