Advertisement

މަޝްވަރާތަކާ ދިމާކޮށް އުތުރު ކޮރެއާއިން މިސައިލެއް ފޮނުވައިފި

16 މާރިޗު 2023 - 10:25 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިސައިލް ލޯންޗުކުރި ހަބަރު ދެކުނު ކޮރެއާގެ ޓީވީއަކުން ދައްކަނީ. -- ފޮޓޯ: ރޮއިޓާޒް


މަޝްވަރާތަކާ ދިމާކޮށް އުތުރު ކޮރެއާއިން މިސައިލެއް ފޮނުވައިފި

16 މާރިޗު 2023 - 10:25 0

ޖަޕާނާއި ދެކުނު ކޮރެއާގެ މަޝްވަރާތަކެއް ފަށަން ތައްޔާރުވަމުން ދަނިކޮށް ދެކުނު ކޮރެއާއިން އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (އައިސީބީއެމް) ފޮނުވައިފި އެވެ.

ޖަޕާނާއި ދެކުނު ކޮރެއާގެ އޮފިޝަލުން ބުނީ ދުރު ރާސްތާ މިސައިލް ލޯންޗުކުރީ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށެވެ. ގާތްގަނޑަކަށް 1000 ކިލޯމީޓަރު ދަތުރު ކުރުމަށް ފަހު މިސައިލް ވެއްޓުނީ ޖަޕާނުގެ ހުޅަނގުން ކަނޑަށެވެ.

މިއީ ފާއިތުވި ހަފުތާއެއްހާ މުއްދަތުގެ ތެރޭގައި އުތުރު ކޮރެއާއިން ލޯންޗުކުރި ހަތަރު ވަނަ މިސައިލެވެ. އެހެން ނަމަވެސް މީގެ ކުރިން ލޯންޗުކުރީ ކުރު ރާސްތާގެ މިސައިލެވެ.

ޖަޕާނާއި ދެކުނު ކޮރެއާގެ މަޝްވަރާތައް ފަށަން ތައްޔާރުވަމުން ދާއިރު، ދެކުނު ކޮރެއާ އާއި އެމެރިކާ ކަނޑުގެ ސިފައިންގެ ތަމްރީންތަކެއް ވެސް މި ވަގުތު އެބަ ކުރިއަށްދެ އެވެ.

ދެ ކޮރެއާ އާއި ޖަޕާނު ހިމެނޭ ސަރަހަައްދުގައި އެމެރިކާއާއެކު ހިންގާ ތަމްރީންތަކާމެދު ހިތްހަމަނުޖެހޭކަން އުތުރު ކޮރެއާއިން މީގެ ކުރިން ހާމަކޮށްފައިވެ އެވެ.

ބުރާސްފަތި ދުވަހު އުތުރު ކޮރެއާގެ މިސައިލް ލޯންޗު ކުރުމުން ރައްދުގައި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އެންގެވީ އެމެރިކާއާއެކު ހިންގާ ތަމްރީންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށެވެ.

މީގެ މަހެއް ކުރިން ވެސް އުތުރު ކޮރެއާއިން ވެސް އައިސީބީއެމްއެއް ލޯންޗުކުރި އެވެ. އެ ފަހަރު އދ. ގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ޖީ7 ގައުމުތަކުން އުތުރު ކޮރެއާ ކުށްވެރިކުރި އެވެ.

އައިސީބީއެމްއާ މެދު ގައުމުތަކުން ކަންބޮޑުވަނީ އެއީ ދުރު ރާސްތާ މިސައިލަކަށް ވާތީ އެވެ. އެއީ އެއް ބައްރުން އަނެއް ބައްރަށް ފޯރުމުގެ ގާބިލްކަން އޮތް މިސައިލެކެވެ. އެހެންވެ، ޕެސިފިކް ކަނޑު ހުރަސްކޮށް އެމެރިކާއާ ހަމައަށް ވެސް ފޯރުމުގެ ގާބިލްކަން އެބަ އޮތެވެ.