Advertisement

ރާއްޖޭގެ ތުރީ އޮން ތުރީ ބާސްކެޓް ދެ ރެފްރީ އަކު ޓްރެއިނިން އަށް ގަތަރަށް

15 މާރިޗު 2023 - 06:56 0


ރާއްޖޭގެ ތުރީ އޮން ތުރީ ބާސްކެޓް ދެ ރެފްރީ އަކު ޓްރެއިނިން އަށް ގަތަރަށް

15 މާރިޗު 2023 - 06:56 0

ރާއްޖޭގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅައިގެ ދެ ރެފްރީން ކަަމަށްވާ މުހައްމަދު ސާހީ އަބްދުލް ގަފޫރު އާއި އިބްރާހިމް ސަމްއާން ހުސެއިން، ޓްރެއިނިން އަށް ގަތަރަށް ގޮސްފި އެވެ.

މި މަހު 15-20 އަށް ގަތަރުގެ ވެރި ރަށް ދޯހާގައި ކުރިއަށްދާ، "ދޯހާ އިންޓަނޭޝަަނަލް ބާސްކެޓްބޯލް ރެފްރީސް ކޭމްޕް"ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ބާސްކެޓްގެ ދެ ރެފްރީ އަކަށް ދިނުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ނިންމިއިރު، މީގެ ސަބަބުން މި ދެ ރެފްރީން، ސާހީ އާއި ސަމްއާން ހުސެއިންގެ އިތުރުން ރާއްޖޭގެ ބާސްކެޓަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ އެވެ.

"ދޯހާ އިންޓަނޭޝަަނަލް ބާސްކެޓްބޯލް ރެފްރީސް ކޭމްޕް" ގައި ތިއަރީ އާއި ޕްރެކްޓިކަލްގެ އިތުރުން ވިޒުއަލް ބައެއް ވެސް ކުރިއަށްދާނެ އެވެ.

މި ތިން ބައި (ތިއަރީ، ޕްރެކްޓިކަލް އަދި ވިޒުއަލް)ގެ ތެރެއިން ކޮންމެ ބައެއްގައި ވެސް އެންމެ ފަހުގެ އަޕްޑޭޓްތަކާ އެކު ޒަމާނީ ވިސްނުންތައް ބޭނުންކޮށްގެން ރަނގަޅު ނިންމުންތައް ނިންމާނެ ގޮތާއި ގޭމް މެނޭޖް ކުރުމުގައި އެންމެ ރަނގަޅު ގޮތްގޮތާއި މި ހުރިހާ އެއްޗެއް އުނގަންނައިދޭނެ އެވެ.

ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އަކީ ރާއްޖޭގައި ފަހަކަށް އައިސް ފުޅާދާއިރާއެއްގައި މުބާރާތް ބާއްވާ ބާސްކެޓްބޯޅައިގެ ޑިސިޕްލިން އެކެވެ.

އާންމު ގޮތެއްގައި ރަމަޟާން މަހު ތުރީ އޮން ތުރީ ބާސްކެޓްބޯޅައިގެ ގިނަ ހަރަކާތްތަކެއް ހިނގަ އެވެ. ރޯދައާ ދިމާކޮށް ބައިނަލްއަގުވާމީ ލެވަލްގެ ރަނގަޅު ރެފްރީ ކޯހެއް ދިވެހި ދެ ރެފްރީ އަކަށް ލިބިގެން ދިއުމަކީ އޭގެ ފައިދާ ކުރާނެ ކަމެކެވެ. މީގެ އިތުރުން ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރިއަށް ރާވާފައި ހުރި ތުރީ އޮން ތުރީ މުބާރާތްތަކަށް ވެސް، މި ރެފްރީންނަށް މި ލިބޭ ތަމްރީންތަކުގެ ސަބަބުން ފަސޭހަތަކެއް ކުރާނެ އެވެ.