Advertisement

ބާލީގައި ފަތުރުވެރިންނަށް ސައިކަލު ނުދުއްވޭ ގޮތް ހަދަނީ

15 މާރިޗު 2023 - 06:16 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބާލީގައި ފަތުރުވެރިން ޓްރެފިކް ގަވާއިދުތަކާ ހިލާފަށް އުޅޭ މައްސަލަ ވަނީ ބޮޑުވެފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


ބާލީގައި ފަތުރުވެރިންނަށް ސައިކަލު ނުދުއްވޭ ގޮތް ހަދަނީ

15 މާރިޗު 2023 - 06:16 0

އިންޑޮނީޝިއާގެ ބާލީގައި ފަތުރުވެރިން ޓްރެފިކް ގަވާއިދާ ހިލާފުވާ މައްސަލަ އިތުރު ވާތީ ފަތުރުވެރިންނަށް ސައިކަލު ނުދުއްވޭ ގޮތް ހަދަން ރާވައިފި އެވެ.

"ސައިކަލުތަކުގައި ރަށުގެ އެތަން މިތަނުގައި ޓީޝާޓު ނުލައި، އަންނައުނު ނުލައި، ހެލްމެޓު ނާޅައި، ލައިސެންސެއް ވެސް ނެތި އުޅެގެން ނުވާނެ،" ބާލީގެ ގަވަރުނަރު އައި ވަޔަން ކޮސްޓާ ވިދާޅުވި އެވެ.

އާ ރޭވުމުގެ ދަށުން ފަތުރުވެރިން ސައިކަލުގެ ބަދަލުގައި ބޭނުންކުރަން ޖެހޭނީ ޓްރެވެލް އޭޖެންޓުން ފޯރުކޮށްދޭ ކާރުތައް ކަމަށް ބާލީގެ އޮފިޝަލުން ބުންޏެވެ.

ބާލީ ފުލުހުންގެ ތަފާސްހިސާބް ދައްކާ ގޮތުން ފެބްރުއަރީ މަހުގެ ފަހުކޮޅުން މާޗް މަހުގެ ކުރީކޮޅާ ހަމައަށް އެކަނިވެސް 171 ފަތުރުވެރިން ޓްރެފިކް ގަވާއިދާ ހިލާފުވި އެވެ. ބައެއް ފަަތުރުވެރިން ފޭކު ލައިސެންސް ޕްލޭޓް ގެންގުޅޭ މައްސަލަ ވެސް ކުރިމަތިވެ އެވެ.

ބާލީއަށް ދާ ގިނަ އަދަދެއްގެ ފަތުރުވެރިން އިހްތިޔާރު ކުރަނީ ސައިކަލު ކުއްޔަށް ނަގައިގެން އުޅުމަށެވެ. ސައިކަލު މަނާކުރާ ރޭވުން ތަންފީޒު ކުރާނީ ގާނޫނެއް މެދުވެރިކޮށް މި އަހަރުގެ ތެރޭގަ އެވެ.

އެ ރޭވުމުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުން ވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ބާލީގެ ސައިކަލު ކުއްޔަށް ދޭ ފަރާތްތަކުގެ ޖަމިއްޔާއިން އެ ރޭވުމާ މެދު ހިތްހަމަނުޖެހެ އެވެ.