Advertisement

"ދުވަހުގެ ގަރާރު"؛ ގޮވާލީ އިންތިހާބުތައް އިންސާފުވެރިކުރުމާއި މިނިވަންކުރުމަށް

14 މާރިޗު 2023 - 06:11 0

އައިޝަތު ނުޒުހާ

އ

Advertisement

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ؛ އޭނާ ވަނީ އިންތިހާބުތައް މިނިވަން ކުރުމަށް ގަރާރެއް ހުށަހަޅާފައި-- ފޮޓޯ: މަޖިލިސް


"ދުވަހުގެ ގަރާރު"؛ ގޮވާލީ އިންތިހާބުތައް އިންސާފުވެރިކުރުމާއި މިނިވަންކުރުމަށް

14 މާރިޗު 2023 - 06:11 0

Advertisement

Advertisement

އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތީ، އިންތިހާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށިގެން ކުރިއަށްދާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެންބަރުން އަންނަނީ ކޮންމެ ދުވަހެއްގެ ޖަލްސާގައި ވެސް ސަރުކާރުގެ ވައުދުތައް ތަންފީޒުނުކުރާ ކަމުގެ ޝަކުވާއާއެކު ގަރާރުތައް ހުށަހަޅަމުންނެވެ.

Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ގަރާރުގައި ވަނީ އިންސާފުވެރި، ދެ ފުށް ފެންނަ އަދި އިތުބާރުކުރަނިވި އިންތިހާބުތައް ބޭއްވުމަކީ ގާނޫނުން ކަށަވަރުކުރާ ހައްގަކަށް ވާއިރު، މި ކަމުގައި މިހާތަނަށް ފާޅުކޮށްފައިވާ އެއްވެސް ކަންބޮޑުވުމަކަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

"2018 ވަނަ އަހަރު ސަރުކާރަށް އައުމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، އިންތިހާބުތައް އިންސާފުވެރިކުރުމާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް އެކަން ސަރުކާރުން ތަންފީޒުކުރަމުންދާ ކަމަށް ނުފެންނާތީއާއި، އެކަމުގައި ސާފު ސިޔާސަތެއް ގެންގުޅޭ ކަން އެނގެން ނެތުމާއި މި ސަރުކާރުން ވެސް އިންތިހާބުތަކަށް ނުފޫޒު ފޯރުވާކަމުގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތު ބޮޑުވެފައިވާތީ،" ގަރާރުގައި ބުނެފައިވެ އެވެ.

މިގޮތުން ރައީސް އާއި ސަރުކާރުގެ ބޭފުޅުން ވާދަކުރައްވާ އިންތިހާބުތަކުގެ ކެމްޕެއިނަށް ރަސްމީ ނުރަސްމީ ދަތުރުތައް އެއްކޮށްލުމާއި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރާ ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

Advertisement

"ފިކުރެއްގެ ދިރުން" ފެކްޝަނުން މީގެ ކުރިން ވަނީ ސަރުކާރުގެ ދަނޑުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ބޯހިޔާވަހިކަން ފަދަ ވައުދުތަކާ ގުޅޭ ގޮތުން ގަރާރު ހުށަހަޅައިފަ އެވެ.