Advertisement

މި އަހަރު ވެސް ރަމަޟާން ކްރިކެޓް ކާނިވަލް ފޯރިގަދަވާނެ

13 މާރިޗު 2023 - 11:35 0

މިދިޔަ އަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ފައިލް ފޮޓޯ


މި އަހަރު ވެސް ރަމަޟާން ކްރިކެޓް ކާނިވަލް ފޯރިގަދަވާނެ

13 މާރިޗު 2023 - 11:35 0

މި އަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލްގައި ވެސް ފޯރިގަދަ މުބާރާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައި މުބާރާތްތަކުގައި ބައިވެރިވާން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ހުޅުވާލައިފި އެވެ.

ރަމަޟާން ކްރިކެޓް ކާނިވަލަކީ ކޮންމެ އަހަރަކު ވެސް ކްރިކެޓް ބޯޑުން ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ ކާނިވަލެކެވެ. ސިލްސިލާކޮށް ބާއްވާ މި ކާނިވަލުގައި މި އަހަރު ވެސް ގިނަ މުބާރާތްތަކެއް ހިމަނާފައިވެ އެވެ.

މި އަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރިކެޓް ކާނިވަލްގެ މުބާރާތްތައް ބާއްވާނެ އެވެ. އެއީ މާލެ، ލ. ކުނަހަންދޫ އަދި ޏ. ފުވައްމުލަކުގަ އެވެ.

މާލޭގައި ކުރިއަށްދާ ތިން މުބާރާތަކީ އޯޕަން މުބާރާތާއި، އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތާއި، ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެވެ. އޯޕަން ބައިގައި 12 ޓީމަށް ފުރުސަތު ލިބޭއިރު، އޮފީސްތަކުގެ ބައިގައި ހަ ޓީމު އަދި ކުންފުނިތަކުގެ ބައިގައި 12 ޓީމަށް ފުރުސަތު ލިބޭނެ އެވެ. މިހާރު މުބާރާތްކުގައި ބައިވެރިވުމަށް ވަނީ ހުޅުވާލައިފަ އެވެ.

ލ.ކުނަހަންދޫ ގައި ކުރިއަށްދާނީ އޯޕަން މުބާރާތެކެވެ. ކްރިކެޓްގެ ގިނަ ހަރަކާތްތަކެއް އޮންނަ ފުވައްމުލަކުގައި ވެސް މި އަހަރު އޮންނާނީ އޯޕަން މުބާރާތެކެވެ.

އެ ގޮތުން، 2023ގެ ރަމަޟާން ކްރިކެޓް ކާނިވަލްގެ އެކި މުބާރާތްތަކަށް މި އަހަރު ވެސް ފައިސާގެ އިނާމް ދޭނެ އެވެ. މި ގޮތުން ހުރިހާ މުބާރާތަކަށް ބައި ލައްކައެއްހާ ރުފިޔާގެ ފައިސާގެ އިނާމް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ގޮތުން، އޯޕަން އާއި އޮފީސް ބައިގެ ޗެމްޕިއަަނަށް 8000ރ ދޭއިރު، ރަނަރަޕަށް 3000ރ ދޭނެ އެވެ. ކޮމްޕެނީ ބައިގެ ޗެމްޕިއަނަށް 20،000ރ ދޭއިރު، ރަނަރަޕަށް ލިބޭނީ 5500ރ އެވެ. މީގެ އިތުރުން ފުވައްމުލަކުގައި ކުރިއަށްދާ މުބާރާތަށް ވެސް ވަނީ އިނާމް ފައިސާ ކަނޑައަޅައިފަ އެވެ.

ކްރިކެޓް ކާނިވަލުގައި ބައިވެރިވުމުގެ ކަންކަން ސީބީއެމްގެ ހޮޓްލައިން ނަމްބަރެއް ކަމަށްވާ، 9676757 އަށް ގުޅައިގެން ކުރިއަށްގެންދެވޭނެ އެވެ.