Advertisement

ޖަރުމަނުގެ ސިޓީއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

11 މާރިޗު 2023 - 06:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބަޑި ޖެހި ސަރަހައްދުގައި އޮފިޝަލުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ރޮއިޓާޒް


ޖަރުމަނުގެ ސިޓީއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

11 މާރިޗު 2023 - 06:04 0

ޖަރުމަނުވިލާތުގެ ހެމްބާގް ސިޓީގައި ނަސާރާ ދީނުގެ މީހުން އެއްވާ ތަނެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި އެވެ.

ބަޑި ޖެހީ ނަސާރާއިންގެ ގްރޫޕެއް ކަމުގައިވާ "ޖެހޯވާޒް ވިޓްނަސް"ގެ މެމްބަރުން އެއްވާ ސެންޓަރެއްގަ އެވެ. ފުލުހުން ބުނީ ހަމަލާ ދިނީ އެންމެ މީހަކު ކަމަށެވެ.

ބުރާސްފަތި ދުވަހު ހަމަލާ ދިނުމަށް ފަހު އެ މީހާ އަމިއްލައަށް މަރުވި އެވެ. ހަމަލާ ދިން ސަބަބު ސާފު ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހަމަލާ ދިން ފިލިޕް އެފް ނަމަކަށް ކިޔާ މީހާއަކީ "ޖެހޯވާޒް ވިޓްނަސް"ގެ ކުރީގެ މެމްބަރެކެވެ. ފަހުން އެ ގްރޫޕާ މެދު އޭނާ ނަފުރަތު ކުރަން ފެށި ކަމަށްވެ އެވެ.

ހުކުރު ދުވަހު ފުލުހުން ބުނީ މަރުވީ ހަތަރު ފިރިހެނުންނާއި ދެ އަންހެނުން ކަމަށެވެ. މަރުވި އެންމެންނަކީ ވެސް ޖަރުމަނުގެ ރައްޔިތުންނެވެ.

އަށް މީހުންނަށް އަނިޔާވި އިރު އޭގެ ތެރެއިން ހަތަރު މީހުންގެ ހާލު ސީރިއަސް އެވެ. އަނިޔާވި މީހުންގެ ތެރޭގައި ޔުގެންޑާ މީހަކާއި ޔޫކްރެއިން މީހަކު ހިމެނެ އެވެ.

ފުލުހުން ބުނީ މާބަނޑު އަންހެނެއްގެ ގަޔަށް ވެސް ބަޑި ޖެހި ކަމަށެވެ. އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް، ބަނޑުގައި އޮތް ދަރިފުޅު ވަނީ މަރުވެފަ އެވެ.

ބަޑި ޖެހި މީހާގެ ނަފްސާނީ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ފުލުހުންނަށް ރިޕޯޓުކުރި އެވެ. ނަމަވެސް އޭނާ ބަންދުކުރަން ޖެހޭ ފަދަ ކަމެއް ފުލުހުންނަށް ފާހަގަނުވި އެވެ.