Advertisement

10 އަހަރަށް ފަހު ޕާކިސްތާނާއި ރާއްޖެ އެކުވެރިކަމުގެ މެޗަކަށް

9 މާރިޗު 2023 - 09:07 0

2011 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ އާއި ޕާކިސްތާން ކުޅުނު މެޗުގެ ތެރެއިން.


10 އަހަރަށް ފަހު ޕާކިސްތާނާއި ރާއްޖެ އެކުވެރިކަމުގެ މެޗަކަށް

9 މާރިޗު 2023 - 09:07 0

މި މަހުގެ ފީފާ ދުވަސްތަކުގެ ތެރޭގައި ރާއްޖެ އާއި ޕާކިސްތާނުން އެކުވެރިކަމުގެ މެޗެއް ކުޅޭގޮތަށް ހަމަޖެހިގެންދިޔައިރު، މިއީ ފާއިތުވި 10 އަހަރު ތެރޭ އެކުވެރިކަމުގެ މެޗެއްގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލާ ފަހަރެވެ.

ރާއްޖޭން ވަނީ މީގެ ކުރިން 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާލޭގައި ޕާކިސްތާނާ އެކުވެރިކަމުގެ ދެ މެޗެއް ކުޅެފަ އެވެ.

އެ ގޮތުން، ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން ރާއްޖެ މޮޅުވީ 3-0 އިންނެވެ. މިއީ އޭގެ ފަހުން، މި ދެ ޓީމު ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ޕާކިސްތާނުން ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެކަން އިއުލާނުކޮށްފައިވާއިރު، އެ ޓީމުން އަންނަނީ އެ މެޗަށް ތައްޔާރުވާން ޕްރެކްޓިސް ވެސް ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ރާއްޖޭން ވެސް ޕާކިސްތާނާ ކުޅޭ މެޗަށް ވަރަށް އަވަހަށް ޕްރެކްޓިސް ފަށާނެ އެވެ.

ފީފާ ސަސްޕެންޝަންގެ ސަބަބުން މިިދިޔަ އަހަރުތަކުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ޕާކިސްތާނުން އަނެއްކާ ވެސް މެދުކެނޑުމަކަށް ފަހު، މި އަހަރު ޖޫން މަހު އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާން ވަނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި ކުޅެފަ އެވެ. އެއީ 13 އަހަރަށް ފަހު، ސާފްގެ ސެމީގައި ޕާކިސްތާންގެ ފުރަތަމަ ފެނިލުމެވެ. އެންމެ ފަހުން، 2021 ވަނަ އަހަރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރިއިރު، ޕާކިސްތާން އޮތީ ސަސްޕެންޝަނެއްގަ އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އަށް ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ޕްރެކްޓިސް ކުރަން އެކަށީގެންވާ މުއްދަތެއް ލިބުމުގެ ފުރުސަތެއް މި ވަގުތު ނެތެވެ. އެއީ، ގައުމީ ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ހިމެނޭ، ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މި ވަގުތު އަންނަނީ ސައުދީ އަރަބިއްޔާގައި ޕްރީ ސީޒަން ޓުއާއެއް ފުރިހަމަކުރަމުންނެވެ. އަނެއްކޮޅުން، މާލޭގައި މި ވަގުތު ފުރަތަމަ ޑިވިޝަން ޓީމަކަށް ޕްރެކްޓިސް ކުރަމުން އަންނަނީ ހަމައެކަނި އީގަލްސް އިންނެވެ.