Advertisement

ބާލިންގައި ކުރިއަށްދާ ފަތުރުވެރިކަމުގެ ފެއާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

8 މާރިޗު 2023 - 20:51 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ރައީސްގެ ދެކަނބަލުން އައި.ޓީ.ބީ ފެއާއަށް ޒިޔާރަތް ކުރައްވުން. ފޮޓޯ/ ރައީސް އޮފީސް


ބާލިންގައި ކުރިއަށްދާ ފަތުރުވެރިކަމުގެ ފެއާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

8 މާރިޗު 2023 - 20:51 0

ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ފެއާއަށް ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސްގެ ދެކަނބަލުން އައިޓީބީ ފެއާއަށް މިކުރެއްވި ޒިޔާރަތުގައި، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައި، އެސްޓޭންޑުން ދައްކުވައިދޭ ދިވެހިންގެ މެހެމާންދާރީގެ ކަންކަމާއި، ފޯރުކޮށްދޭ ހިދުމަތްތައް ބައްލަވާލެއްވި އެވެ.

މިއީ 2019 ވަނަ އަހަރަށް ފަހު، އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައި ބައިވެރިވި ފުރަތަމަ އަހަރެވެ.

އަދި މިއީ، ފާއިތުވި ތިން އަހަރު ރާއްޖެއަށް ވިދިވިދިގެން ތިން ފަހަރު ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ލިބުނުފަހުންވެސް ރާއްޖެއިން އައިޓީބީގައި ބައިވެރިވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެ އެވެ.

މިއަހަރުގެ ފެއާގައި އެމްއެމްޕީއާރްސީއާ ޓޫރިޒަމް މިނިސްޓްރީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 91 ކުންފުންޏަކުން، 233 މީހުން ވަނީ ބައިވެރިވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޖަރުމަނަށް ވަޑައިގެންނެވީ، ދޯހާގައި ކުރިޔަށް ދިޔަ، އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގަ އެވެ.

ޖަރުމަނަށް ކުރައްވާ މިދަތުރުފުޅުގައި އެގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލު ކުރައްވައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.