Advertisement

ހުޅުމާލޭގައި އަޅާ 400 ފްލެޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

8 މާރިޗު 2023 - 20:58 1

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު


ހުޅުމާލޭގައި އަޅާ 400 ފްލެޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

8 މާރިޗު 2023 - 20:58 1

ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 400 ހައުސިން ޔުނިޓް ޑިޒައިންކޮށް ސުޕަވައިޒް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި މަޝްރޫއަކީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ފިނޭންސް އިން ބުނީ މި މަޝްރޫއުގެ ޓެންޑާ ޑޮކިއުމަންޓުތައް ތައްޔާރުކުރުމާއި އީއައިއޭ ރިޕޯޓް ތައްޔާރުކުރުމާއި ޑީޓެއިލްޑް ޑިޒައިން ރިވިއުކުރުމާއި ކޮންޓްރެކްޓާގެ މަސައްކަތް ސުޕަވައިޒް ކުރުން ހިމެނޭ ކަމަށެވެ.

އަދި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ "ގައިޑްލައިން ފޯ ޔޫސް އޮފް ކޮންސަލްޓަންޓްސް" އާ އެއްގޮތަށް ކުއަލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން (ކިއުސީބީއެސް) އުސޫލުން ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.