Advertisement

ކޮންމެ ދުވަހަކު ހިނގުމުން އުމުރު ދިގުވޭ: ދިރާސާ

4 މާރިޗު 2023 - 07:40 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮންމެ ދުވަހަކު ހިނގުމުން އުމުރު ދިގުވާ ކަމަށް ދިރާސާއިން ދައްކާ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ކޮންމެ ދުވަހަކު ހިނގުމުން އުމުރު ދިގުވޭ: ދިރާސާ

4 މާރިޗު 2023 - 07:40 1

ކަސްރަތުގެ ފައިދާ ލިބިގަތުމަށް ކުޅިވަރު ކުޅެ، ދުވަން ނުޖެހޭ ކަމަށާއި ކޮންމެ ދުވަހަކު އެއް ފަހަރު އަވަސް ސްޕީޑެއްގައި ހިނގުމުން ގިނަ ފައިދާތަކެއް ލިބޭ ކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އެ ދިރާސާއިން އެނގުނު ގޮތުގައި ކޮންމެ ދުވަހަކު އަވަސް ސްޕީޑެއްގައި އެންމެ 11 މިނެޓު ހިނގުމުން، ކުއްލި މަރުތައް މަދުކުރެވޭނެ އެވެ. ސިއްހީ ތަޖުރިބާކާރުން ލަފާދެނީ ކޮންމެ ހަފުތާއަކު މަދުވެގެން 150 މިނެޓު ކަސްރަތު ކުރުމަށެވެ.

އެހެން ނަމަވެސް ގިނަ މީހުން އެ ވަރަށް ހަރަކާތްތެރި ނުވެ އެވެ. ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ ދިރާސާގައި ބުނީ ގަވާއިދުން ކަސްރަތު ނުކުރި ނަމަވެސް ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވުން މުހިއްމެވެ.

ދިރާސާ ހެދި ޓީމުން ބުނީ ތަޖުރިބާކާރުން ލަފާދޭ މިންވަރަށް ކަސްރަތު ނުކުރެވުނު ނަމަވެސް، އޭގެ 50 ޕަސެންޓަށް ހަރަކާތްތެރިވާ ނަމަ ހިތުގެ ބަލިތަކާއި ކެންސަރު ބަލީގެ ކޭސްތައް މަދު ކުރެވޭނެ ކަމަށެވެ. އެހެންކަމުން، ކޮންމެ ހަފުތާއަކު މަދުވެގެން 75 މިނެޓު ނުވަތަ ދުވާލަކު 11 މިނެޓު ހަރަކާތްތެރިވުމުގެ ފައިދާ ބޮޑެވެ.

ދިރާސާއިން އެނގުނު ގޮތުގައި އެ މިންވަރަށް ހަރަކާތްތެރިވެގެން ހިތުގެ ބަލި ޖެހުމުގެ ފުރުސަތު 17 ޕަސެންޓު އަދި ކެންސަރު ޖެހުމުގެ ފުރުސަތު ހަތް ޕަސެންޓު ކުޑަވެ އެވެ.

އޭގެ އިތުރުން ކޮންމެ ދުވަހަކު ބާރު ސްޕީޑުގައި ހިނގުމުން ސަރުބީ މަދުކޮށް، ލޭގެ ޕްރެޝަރު ރަނގަޅުކޮށް، ފަސޭހައިން ނިދަން މަގުފަހިވެ އެވެ. ކެމްބްރިޖް ޔުނިވާސިޓީގެ ދިރާސާ ޝާއިއުކޮށްފައި ވަނީ ބްރިޓިޝް ޖާނަލް އޮފް ސްޕޯޓްސް މެޑިސިންގަ އެވެ.