Advertisement

ހަކީމީ އަށް ކުރެވުނު ރޭޕުގެ ތުހުމަތާ އެކު މައްސަލަ ބަލަނީ

1 މާރިޗު 2023 - 12:45 0


ހަކީމީ އަށް ކުރެވުނު ރޭޕުގެ ތުހުމަތާ އެކު މައްސަލަ ބަލަނީ

1 މާރިޗު 2023 - 12:45 0

ޕެރިސް (މާޗު 1) - ޕީއެސްޖީ އަށް ކުޅެމުންދާ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީގެ މައްޗަށް ރޭޕުގެ ތުހުމަތެއް ކުރުމާ ގުޅިގެން، ފްރާންސްގެ ޕްރޮސެކިއުޓަރުން އެ މައްސަލަ ތަހުގީގްކުރަން ފަށައިފި އެވެ.

އުމުރުން 24 އަހަރުގެ އަންހެނެއް ވަނީ ހަކީމީގެ މައްޗަށް ރޭޕުގެ ތުހުމަތުކޮށް، މިދިޔަ އާދިއްތަ ދުވަހު މައްސަލަ ރިޕޯޓްކޮށްފަ އެވެ. އެހެން ނަމަވެސް، ހަކީމީއާ ދެކޮޅަށް ދައުވާކުރަން އެނާ އެދިފައެއްނުވެ އެވެ. މައްސަލަ ހުށަހެޅި އަންހެން މީހާ ބުނާ ގޮތުގައި އެ ހާދިސާ ހިނގީ މި މަހުގެ 25 ވަނަ ދުވަހު، ހަކީމީގެ އެޕާޓްމަންޓްގަ އެވެ.

މި މައްސަލަ ބަލަމުންދާ ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހުން މިކަމާ ގުޅޭގޮތުން މައުލޫމާތެއް ދޭން ބޭނުމެއްނުވި އެވެ. އެހެން ނަމަވެސް، މި މައްސަލަ ބަލަމުންދާކަން ވަނީ ޔަގީންކޮށްދީފަ އެވެ.

ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހުން އޭއެފްޕީއާ ވާހަކަ ދެއްކި އޮފިޝަލެއް ވަނީ މައްސަލައާ ގުޅޭގޮތުން މީޑިއާގައި އާންމުވެފައިވާ މައުލޫމާތުތަކާ ގުޅިގެން މައްސަލައިގެ ތަހުގީގަށް އަސަރުކުރާނެ ކަމަށެވެ.

ހަކީމީ އަކީ މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ހަތަރު ވަނަ މޮރޮކޯ އިން ހޯދިއިރު، އެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ހޯމަ ދުވަހުގެ ރޭ އޮތް ފީފާ ބެސްޓް އެވޯޑްސްގައި ހޮވި "ފިފް ޕްރޯ މެންސް ޓީމް އޮފް ދަ އިޔާ"ގައި ވެސް ހަކީމީ ހިމެނުނެވެ. ފީފާ ބެސްޓް އެވޯޑްސްގެ ރަސްމިއްޔާތުގައި ވެސް އޭނާ ބައިވެރިވި އެވެ.