Advertisement

ފީފާ ބެސްޓް އެވޯޑްސް އަށް ސަލާހުގެ ހޮވުމަކީ ވިނީޝިއުސް ޖޫނިއާ!

1 މާރިޗު 2023 - 09:24 1

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ތެރެއިން ލިވަޕޫލްގެ ސަލާހު (ވ) ރެއާލް މެޑްރިޑްގެ ވިނީޝިއުސް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.


ފީފާ ބެސްޓް އެވޯޑްސް އަށް ސަލާހުގެ ހޮވުމަކީ ވިނީޝިއުސް ޖޫނިއާ!

1 މާރިޗު 2023 - 09:24 1

ލަންޑަން (މާޗް 1) - ފީފާ އިން އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ކޮންމެ ގައުމެއްގެ ކެޕްޓަނަކަށް ވެސް ވޯޓު ލުމުގެ ފުރުސަތު ދޭއިރު، މިސްރުގެ ކެޕްޓަން، ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހުގެ އެއް ވަނަ ހޮވުމެއްގެ ގޮތުގައި ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި ވިނީޝިއުސް ޖޫނިއާ އަށް ވޯޓު ދީފި އެވެ.

ފީފާ ރަސްމީ ވެބްސައިޓް މެދުވެރިކޮށް، ގައުމުތަކުގެ ކެޕްޓަނުންނާއި ކޯޗު އަދި މީޑިއާ އޮފިޝަލް ވޯޓުލާ ގޮތް ހާމަކުރެ އެވެ. އެ ގޮތުން ސަލާހު އެއް ވަނަ ވޯޓު ދިނީ ވިނީޝިއުސް އަށެވެ. ދެން ސަލާހުގެ ވޯޓު ލިބުނީ މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ އަދި ޕީއެސްޖީ އާއި މޮރޮކޯގެ ފުލްބެކް، އަޝްރަފް ހަކީމީ އެވެ.

ބެސްޓް އެވޯޑްސް ލިބުނު ލިއޮނަލް މެސީ އާއި ދެ ވަަނަ އަށް ދިޔަ ކީލިއަން އެމްބާޕޭ އަދި ތިނެއްގައި ނިންމި ކަރިމް ބެންޒެމާ ތެރެއިން އެއްވެސް ކުޅުންތެރިއަކަށް ވޯޓު ނުދޭ ހަމައެކަނި ކެޕްޓަނަކީ ސަލާހު އެވެ.

ސަލާހުގެ އެއް ވަނަ ވޯޓު ވިނީޝިއުސް އަށް ދިންއިރު، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް ވަނީ ވިނީޝިއުސްގެ ގޯލުން ރެއާލް މެޑްރިޑް އަތުން ބަލިވެފަ އެވެ. އަދި މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ލިވަޕޫލް ދަނޑުގައި ރެއާލް މެޑްރިޑް ފަހަތުން އަރައި 5-2 އިން މޮޅުވި މެޗުގައި ރެއާލްގެ ފުރަތަމަ ދެ ގޯލު ޖެހުމުގެ އިތުރުން ވިނީޝިއުސް ވަނީ ބެންޒެމާ ޖެހި ދެ ވަނަ ގޯލަށް ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ.