28 ފެބުރުވަރީ 2023 - 10:05 0
ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަން، ސާފްގެ އަހަރީ އާންމު ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަދަދު
28 ފެބުރުވަރީ 2023 - 10:05 0
ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަން (ސާފް) ގެ އަހަރީ އާންމު ޖަލްސާގައި ކްރޮސް ރޯޑްސްގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.
މިއީ ރާއްޖޭގައި ދެކުނު އޭޝިއާ ސަަރަަހައްދުގެ އެތުލެޓިކްސްގެ މައި ޖަމިއްޔާގެ އަހަރީ އާންމު ބައްދަލުވުން ބާއްވާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގައި ދެ ފަހަރެއްގެ މަތިން މި ބައްދަލުވުން ބާއްވާފައިވާއިރު، އެންމެ ފަހުން، އެ ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ އައްޑޫ ސިޓީގައި 2017 ވަނަ އަހަރު އެވެ.
ކުޅިވަރުގެ މުހިންމު އިވެންޓްތައް މި ފަހުން ބާއްވަމުން އަންނަ ކްރޮސް ރޯޑްސްގެ އިވެންޓް ހޯލުގައި މިއަދު ކުރިއަށްދިޔަ ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަންގެ ބައްދަލުވުން ހާއްސަވާ ސަބަބަކީ އޭޝިއާ އެތުލެޓިކްސްގެ ރައީސް ގަތަރުގެ ދަހްލާން އަލް ހަމަދު ވެސް މި ފަހަރުގެ ބައިވެރިވެވަޑައިގެންނެވުމެވެ.
މިއަދުގެ ބައްދަލުވުމުގެ ތެރެއިން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު
މިއީ އޭޝިއާގެ އެތުލެޓިކްސް ރައީސް، ދަހްލާން، ދެކުނު އޭޝިއާގެ މި ފަދަ މުހިންމު އާންމު ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުުރަތަމަ ފަހަރެވެ.
އޭޝިއާ އެތުލެޓިކްސް ހިންގެވުމާ އެންމެ ފުރަތަމަ ދަހްލާން ހަވާލުވެވަޑައިގެންނެވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން، އޭޝިއާގެ އެތުލެޓިކްސްގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ ދަހްލާން އެެވެ. މިއަދުގެ ބައްދަލުވުމުގައި ދެކުނު އޭޝިއާ ފެޑެރޭޝަންތަކުގެ އިސް ފަރާތްތަކުން ވަނީ އޭޝިއަން އެތުލެޓިކްސްގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަަގަކޮށް އެކަމަށް ޝުކުރުއަދާކޮށްފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ތޮލާލް ވަނީ ސަރަހައްދުގެ ގައުމުތަކުގެ އެތުލެޓިކްސް އެސޯސިއޭޝަންތަކުން ގުޅިގެން ކުރާ މަސައްކަތަށް އޭޝިއާގެ އެތުލެޓިކްސްގެ މައި ޖަމިއްޔާ އިން ދޭ އެއްބާރުލުން ފާހަގަކުރައްވައިފަ އެވެ.
ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަންގެ އަހަރީ އާންމު ޖަލްސާގައި މިއަދު މި ފެޑެރޭޝަންގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ އިތުރުން ކުރިއަށް އޮތް ދައުރަށް ހިންގާ ބޯޑު އިންތިހާބު ކުރުން ކުރިއަށްދާނެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ދެކުނު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގައި ހިމެނޭ މެމްބަރު ގައުމުތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ސަރަހައްދުގެ އެތުލެޓިކްސް ކުރިއަރުވަން ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަން މުހިންމު މަޝްވަރާތަކެއް ވަނީ ކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment