27 ފެބުރުވަރީ 2023 - 13:55 0
މުހައްމަދު ޝަހްޒާން
ކުޅުދުއްފުށީގައި ބަހައްޓާފައި ހުރި ވެލިގާ ރޯޑްޝޯގެ ބިލްބޯޑެއް -- ފޮޓޯ: ވެލިގާ
27 ފެބުރުވަރީ 2023 - 13:55 0
ވެލިގާ ހާޑުވެއާ އާއި އެ ކުންފުނީގެ ދަށުން ހިންގާ ބްލޭންކްއިން ފޯރުކޮށްދޭ ހިދުމަތްތަކާއި ވިއްކާ ސާމާނާ ގުޅޭ ގޮތުން މައުލޫމާތު ދީ، އަޖުމަ ބަލައި، ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ރޯޑްޝޯގެ ދެވަނަ އިވެންޓު ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައިފި އެވެ.
މި ހަފުތާ ބަންދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ އިވެންޓުގައި ވެސް ވެލިގާގެ ފިހާރަތަކުން ވިއްކާ އެކި ސާމާނުތަކާ ބެހޭގޮތުން ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދީ އެތަކެތި އަމިއްލައަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
އިވެންޓު ކުރިއަށް ދާނީ އަންނަ ހުކުރު އަދި ހޮނިހިރުގައި ކުޅުދުއްފުށި ހޮނިހިރު ބާޒާރު ސަރަހައްދުގަ އެވެ. އިވެންޓު ކުރިއަށް ދާނެ ވަގުތުތަކަކީ:
ހުކުރު ދުވަސް
ހޮނިހިރު ދުވަސް
ވެލިގާގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު، އިރުފާއު އަބްދުﷲ "އަދަދު" އަށް ވިދާޅުވީ މިފަހަރުގެ އިވެންޓު ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމީ އެ ރަށަކީ އަތޮޅުގެ ވިޔަފާރީގެ މައި ހަބަށް ވާތީ ކަމަށެވެ.
"އެ ރަށުގައި އޮންނަ ހޮނިހިރު ބާޒާރަށް ކޮންމެ ހަފުތާއެއްގައި އެ އަތޮޅުގެ އިތުރުން ށ އަތޮޅާއި ހއ އަތޮޅުން ވެސް މީހުން ދޭ، އެހެންވީމާ ހަފުތާ ބަންދުގައި އެ ރަށުގައި ރޯޑްޝޯ ބޭއްވުމުން ގިނަ ބަޔަކަށް ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ އިވެންޓުގެ ތެރެއިން މުދާ ގަތުމަށް އޯޑަރު ވެސް ކުރެވޭނެ އެވެ. އަދި އެ އިވެންޓަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު އެކި އިނާމުތައް ވެސް ލިބޭނެ އެވެ.
އޭގެއިތުރުން އެ އިވެންޓުގައި ވެލިގާއިން ލިބޭ ތަފާތު އެކި އުފެއްދުންތަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ވިޔަފާރިވެރިންނާ އެކު ބައްދަލުވުންތައް ވެސް ކުރިއަށް ގެންދިއުމަށް ވެލިގާއިން ނިންމާފައިވެ އެވެ.
ވެލިގާ ރޯޑްޝޯގެ މައިގަނޑު މަގުސަދަކީ ރީޖަނަލް ޑިސްޓްރިބިއުޓަރުންގެ އިތުރުން ކަސްޓަމަރުންނާއި އެ ކުންފުންޏާ އޮންނަ ގުޅުން އިތުރަށް ހަރުދާނާކޮށް ބަދަހި ކުރުން ކަމަށް ވެލިގާއިން ބުނެ އެވެ.
ވެލިގާ ރޯޑްޝޯގެ ފުރަތަމަ އިވެންޓު ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގދ. ތިނަދޫގަ އެވެ. އެ އިވެންޓަށް އެ ސަރަހައްދުގެ ގިނަ ރަށްރަށުން ބޮޑު ތަރުހީބެއް ލިބުނެވެ.
ރޯޑްޝޯގެ މިފަހަރުގެ ހޯސްޓު ޕާޓްނަރަކީ ކުޅުދުއްފުށި ސިޓީ ކައުންސިލެވެ. ރީޖަނަލް މީޑިއާ ޕާޓްނަރުގެ ގޮތުގައި ކުޅުދުއްފުށި އޮންލައިން ހަމަޖައްސާފައި ވާއިރު، އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކުލަބް ކޮރަލް އެވެ.
Comment