Advertisement

ގައުމީ ދިގު ފެތުމުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަމްނާ އާއި ރިހާން

27 ފެބުރުވަރީ 2023 - 09:56 0

ިދިގު ފެތުން މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ރިހާން (ކ)އާ ސްވިމިން އެސޯސިއޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: މިރާން ނާޝިމް/ އަދަދު


ގައުމީ ދިގު ފެތުމުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަމްނާ އާއި ރިހާން

27 ފެބުރުވަރީ 2023 - 09:56 0

ގައުމީ ދިގު ފެތުމުގެ ގައުމީ ލެވެލްގެ ފެތުންތެރިން ވާދަކުރި ފަސް ކިލޯމީޓަރު ބައިގެ ޗެމްޕިއަންކަން މުހައްމަދު ރިހާން ޝިޔާމް އާއި ހަމްނާ އަހުމަދު ހޯދައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޑަގިރި ޕިކްނިކް އައިލެންޑްގައި ކުރިއަށްދިޔަ ގައުމީ ދިގު ފެތުމުގެ މުބާރާތުގައި 200 އަށްވުރެ ގިނަ ފެތުންތެރިން ވާދަކުރި އެވެ. މުބާރާތުގައި ކުރިއަށްދިޔައީ 5 ކީލޯމީޓަރު، 3 ކީލޯމީޓަރު، 1 ކިލޯމީޓަރު އަދި ކުޑަކުދިންނަށް ހާއްސަ 500 މީޓަރު ރޭހެވެ.

މުބާރާތުގެ ސީނިއާ ބައި ކަމަށްވާ ފަސް ކިލޯމީޓަރު ބައިގައި އެއް ވަނަ ރީހާން ހޯދިއިރު، ދެ ވަނަ ހޯދީ މިދިޔަ ފަހަރުގެ ޗެމްޕިއަން އަލީ އިމްއާން އެވެ. ތިން ވަނަ ހޯދީ އަހުމަދު ނީޤް ނިޔާޒު އެވެ. އަންހެން ބައިގެ އެއް ވަނަ ހަމްނާ ހޯދިއިރު، ދެ ވަނަ ހޯދީ އައިޝަތު ޝައުޝަން އެވެ. ދެ ފެތުންތެރިން ވެސް ފިނިޝް ލައިނާ ހަމައަށް އައީ ވަރަށް ވާދަވެރިކޮށް ފަތައިގެންނެވެ. ހަމްނާ އެއް ވަނަ ހޯދީ ކުޑަ ތަފާތަކުންނެވެ. އަންހެން ބައިގެ ތިން ވަނަ ހޯދީ ފާތިމަތު އަންޖަލް ފަޔާޒު އެވެ.

ފަސް ކިލޯމީޓަރު އަންހެން ބައިން ޗެމްޕިއަންކަން ހޯދި ހަމްނާ ޓްރޮފީ ހިފައިގެން.


މުބާރާތުގެ ތިން ކިލޯ މީޓަރުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޔާސީން މުހައްމަދު ޔޫސުފް އެވެ. ދެ ވަނަ ހޯދީ ލޫތު މުހައްމަދު ޔޫސުފް އެވެ. ތިން ވަނަ ހޯދީ ޝައިމް ހުސައިން އިބްރާހިމް އެވެ.

ތިން ކިލޯމީޓަރު ބައިގެ އަންހެން އެއްވަނަ ހޯދީ އަޔާނާ އަރީފް އެވެ. ދެ ވަނަ އައިޝާ އައިޒާ ހުސައިން ހޯދިއިރު، ތިން ވަނަ ހޯދީ ލައިބާ ހަސަން މަނިކު އެވެ.

ދިގު ފެތުމުގެ މުބާރާތުގެ އެއް ކިލޯ މީޓަރުގެ ފިރިހެން ބައިގެ އެއް ވަނަ ހޯދީ އިފްޒާލް އިބްރާހިމް މަހުފޫޒު އެވެ. އިޒްޔާން ނާޒިމް ދެ ވަނަ ހޯދިިއިރު، ތިން ވަނަ ހޯދީ އަލީ އަޔާން ނިސްޔާން އެވެ. އަންހެން ބައިގެ ޗެމްޕިއަންކަން އަމްނާ ތަޒްކިޔާ މިރުޝާދު ހޯދިއިރު، ދެވަނަ ހޯދީ މަރިޔަމް އަޒްކާ ހުސައިން އެވެ. ތިން ވަނަ އައިޝަތު ތީޝާ މުހައްމަދު އެވެ.

މުބާރާތުގައި މި އަހަރު އެންމެ ފޯރިގަދަކޮށް ދިޔަ ހަރަކާތަކީ ކުޑަކުދިންނަށް ހާއްސަކޮށް ބޭއްވި 500 މީޓަރު ފެތުމެވެ. މި ބައިގައި ގިނަ އަދަދެއްގެ ފެތުންތެރިން ވާދަކުރި އެވެ.