Advertisement

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރީލް މަހުގެ 15 ގައި

26 ފެބުރުވަރީ 2023 - 11:50 0

އަހުމަދު އާއިދު

އަހުމަދު އާއިދު

2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން - ފޮޓޯ: އަދަދު ފައިލް


ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރީލް މަހުގެ 15 ގައި

26 ފެބުރުވަރީ 2023 - 11:50 0

ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ކ. ގުރައިދޫ ދާއިރާ ގޮނޑީގެ ބައި އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ގައި ބާއްވަން ނިންމައިފި އެވެ.

މިކަން އިއުލާން ކުރައްވަމުން ކުރެއްވި ޓުވީޓުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުން މާދާމާއިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. ފޯމު ބަލައިގަތުމަށް އޮންނަ މުއްދަތަކީ ހުޅުވާލާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ.

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ, 55, މި މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. "އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރިޒާ އަވާހަރަވީއިރު އަދާކުރައްވަމުން ގެންދެވީ އޭނާގެ ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރެވެ. ޕީޕީއެމްއަށް ނިސްބަތްވާ ރިޒާ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަން އަދާކުރެއްވި މެންބަރެވެ. އަދި އޭރު އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.

ރިޒާގެ ޖަނާޒާ މި މަހުގެ 24 ވަނަ ދުވަހު ހެނދުނު 09:00 ގައި މެލޭޝިއާގެ ތަނަ ޕަރްކުބުރަން އިސްލާމް، ސެކްޝަން 9، ކޯތާ ދަމަންސަރާގަ ބޭއްވުނު އިރު އެ ޖަނާޒާގައި އިދިކޮޅު ލީޑާޝިޕްގެ ފަރާތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްުދުﷲ އާއި މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގް އިބްރާހިމް އާއި ގުރައިދޫ ކައުންސިލްގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަތެވެ.

ގާނޫނުއަސާސީގެ 78 މާއްދާގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ހުސްްވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަންޖެހެ އެވެ. ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ، ގުރައިދޫގެ އިތުރުން މާފުއްޓާއި ގުޅި އެވެ.