Advertisement

މި އަހަރު ރާއްޖެއަށް ރަސްމީ 1،000 ހައްޖު ކޯޓާ ހަމަޖެހިއްޖެ، އިތުރު ކޯޓާ ހޯދުމަށް މަސައްކަތް ކުރަނީ

22 ފެބުރުވަރީ 2023 - 12:11 0

އަހުމަދު އާއިދު

އަހުމަދު އާއިދު

2022 ގައި ހައްޖަށް ދިޔަ ދިވެހި ހައްޖާޖީން ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި - ފޮޓޯ: އަދަދު ފައިލް


މި އަހަރު ރާއްޖެއަށް ރަސްމީ 1،000 ހައްޖު ކޯޓާ ހަމަޖެހިއްޖެ، އިތުރު ކޯޓާ ހޯދުމަށް މަސައްކަތް ކުރަނީ

22 ފެބުރުވަރީ 2023 - 12:11 0

މި އަހަރު ރާއްޖޭއަށް ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި 1،000 ކޯޓާ ހަމަޖެހިއްޖެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ރަސްމީކޮށް ލިބުނު 1،000 ކޯޓާގެ އިތުރުން ދިވެހިންނަށް އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކޮވިޑުން ސަލާމަތްވުމަށް އެޅި ފިޔަވަޅުތަކާއެކު މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 435 ހައްޖު ކޯޓާ އެވެ. އެ ކޯޓާއަށް މީހުން ހައްޖަށް ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ.

މި އަހަރު ކޮވިޑުގެ ކުރިން ހައްޖުވެރިންނަށް ދިން އަދަދަށް ކޯޓާ ދޫކުރާނެ ކަމަށް ސައުދީ ސަރުކާރުން މީގެ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް އޭރު ވަކި ގައުމުތަކަށް ދޭ ކޯޓާގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

ހައްޖުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ ގުޅިގެން މަޝްވަރާކުރުމަށް ބޭއްވި "ހައްޖު އެކްސްޕޯ 2023" ގައި ވާހަކަ ދައްކަވަމުން ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓަރު ތައުފީގް އަލްރަބީއީ ވިދާޅުވީ، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ކޯޓާ ދޭއިރު، ކުރިން ދިން އަދަދާ އެއްވަރު ވާނެ ކަމަށެވެ. އަދި މިފަހަރު، ހުރިހާ އުމުރެއްގެ ފަރާތްތަކަށް ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ކުރިން ހައްޖުގެ އަޅުކަމުގައި ދެ މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު 2021ގެ ހައްޖުގައި ބައިވެރިކުރުވީ އެންމެ 10،000 މީހުންނެވެ. ނަމަވެސް، ކޮވިޑު ފެތުރުން މަދުވެ ފިޔަވަޅުތަކަށް ދިން ލުޔާއެކު މިދިޔަ އަހަރު ސައުދީން ވަނީ އެއްމިލިއަން މީހުންނަށް ހައްޖު ކޯޓާ ދޫކޮށްފަ އެވެ.