Advertisement

އަންނަ މަހު ހުސްވާ ބްރޯޑްކޮމްގެ ގޮނޑިއަށް ހަތަރު ނަމެއް މަޖިލީހަށް

22 ފެބުރުވަރީ 2023 - 09:30 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ބްރޯޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން؛ މެންބަރު އަމްޖަދުގެ މެންބަރު ކަމުގެ މުއްދަތު އަންނަ މަހު ހަމަވާނެ--


އަންނަ މަހު ހުސްވާ ބްރޯޑްކޮމްގެ ގޮނޑިއަށް ހަތަރު ނަމެއް މަޖިލީހަށް

22 ފެބުރުވަރީ 2023 - 09:30 1

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރު ކަމުގެ މުއްދަތު އަންނަ މަހަށް ހަމަވާތީ، އެ ގޮނޑިއަށް ހަތަރު ނަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް މިއަދު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އަމްޖަދުގެ މެންބަރު ކަން އަންނަ މަހުގެ 15 ވަނަ ދުވަހަށް ހަމަވާ ކަމަށެވެ. އަދި, އެކަމަށް އިއުލާނު ކުރުމުން ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ރައީސަށް ފެންނަ އިސްކަންދޭ ތަރުތީބުން ފޮނުއްވި ނަން ލިސްޓު ހުށަހަޅާފައިވާނެ ކަމަށެވެ.

  1. ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު 5143
  2. ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
  3. ހުސައިން އަމްރު، ވ. ރޯޝަން
  4. ސަފާ ޝަފީގް، ބިއްލޫރިވިލާ، ދ. މީދޫ

ލިސްޓުގައި އެއް ވަނައިގައި ހިމެނުނު ޝިޔާމް މުހައްމަދު ވަހީދަކީ ކުރީގެ ނޫސްވެރިއެކެވެ. ވީ މީޑިއާ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ފުރުއްވާފައިވާ ޝިހާމަކީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ބްރޯޑްކޮމްގެ އިތުރު ގޮނޑިއެއް ވެސް ހުސްވެފައިވާއިރު، ޝާން ސޯލިހުގެ އިތުރުން ހުސައިން އަމްރު ވަނީ އެ ގޮނޑިއަށް ވެސް ކުރިމަތިލައްވައި ރައީސްގެ ލިސްޓުގައި ހިމެނިފަ އެވެ.

ބްރޯޑްކޮމްގެ އެ ގޮނޑިއެއް ހުސްވެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް އެ މަގާމުން އިސްތިއުފާ ދެެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ޖެނުއަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ހަރަކާތްތެރިވުމުގެ ގޮތުންނެވެ.

ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އައިމިނަތު އަމީނާ އާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީން އާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.