Advertisement

ރާއްޖެ އާއި ޔޫކޭގެ ފުރަތަމަ ސްޓްރެޓީޖިކް ޑައިލޮގް ފަށައިފި

20 ފެބުރުވަރީ 2023 - 13:07 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފޮޮރިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތް -- ފޮޓޯ: އަދަދު


ރާއްޖެ އާއި ޔޫކޭގެ ފުރަތަމަ ސްޓްރެޓީޖިކް ޑައިލޮގް ފަށައިފި

20 ފެބުރުވަރީ 2023 - 13:07 0

ރާއްޖެ އާއި އިނގިރޭސިވިލާތް (ޔޫކޭ)ގެ ފުރަތަމަ ސްޓްްރެޓީޖިކް ޑައިލޮގް މިއަދު މެންދުރު ފަށައިފި އެވެ.

މިއީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް މުހިންމު ގިނަ ދާއިރާތަަކަަކުން މަޝްވަރާކޮށް އެއްބަސްވުމަށް ކުރިއަށްގެންދާ ޑައިލޮގެކެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މި ޑައިލޮގް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހައިބްރިޑް ފޯމެޓަށް މިއަދު ކަމަށެވެ. މި ޑައިލޮގުގައި ފޮރިން މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު ސަފާއަތު އަހްމަދު ޒާހިރު "އަދަދު"އަށް ވިދާޅުވީ މި ޑައިލޮގް އޮންނާނީ މިއަދު މެންދުރު ފަހު 13:00 އިން ފެށިގެން އިރު އޮއްސި 18:00 އާ ހަމައަށް ކަމަށެވެ.

މި ޑައިލޮގުގައި ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރުމަށް ނިންމާފައިވާ އެކި ދާއިރާތަަކުގެ ތެރޭގައި ހިމެނެނީ:

  • ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުން
  • ސަރުކާރު ހިންގުން ހަރުދަނާކުރުން
  • ޑިމަކްރަސީ
  • އިންސާނީ ހައްގުތަކާއި އެކަމާ ބެހޭ ގާނޫނާއި ގަވައިދުތައް ހަރުދަނާކުރުން
  • ތިމާވެއްޓާއި މޫސުމީ ބަދަލުތައް
  • މަތީ ތައުލީމު
  • ވިސާ، އިމިގްރޭޝަން އަދި ގުޅުން ބަދަހިކުރުން

މިޑައިލޮގުގައި ބައިވެރިވާ ދިވެހި ވަފްދުގައި ހިމެނެނީ ރައީސް އޮފީހާއި، ހުރިހާ މިނިސްޓްރީތަކަކާއި، ފުލުހުންނާއި، އޭވިއޭޝަން ކޮމާންޑާއި، ބަންޑާރަ ނައިބު އޮފީހާއި، ނޭޝަނަލް ކައުންޓަރ ޓެރޮރިޒަމް ސެންޓަރާއި، ސެކިއުރިޓީ އެޑުވައިޒާސް އޮފީހެވެ. ދިވެހި ވަފްދުގައި އިސްކޮށް ހުންނަވާނީ ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދު އެވެ.