Advertisement

ޑްރަގް ކޯޓުގެ ގާޒީ ނައީމަށް ނަސޭހަތްދިނުމަށް ނިންމައިފި

20 ފެބުރުވަރީ 2023 - 10:50 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ޑްރަގް ކޯޓުގެ ގާޒީ ނައީމް.


ޑްރަގް ކޯޓުގެ ގާޒީ ނައީމަށް ނަސޭހަތްދިނުމަށް ނިންމައިފި

20 ފެބުރުވަރީ 2023 - 10:50 0

ގްރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެން ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމްއަށް ނަސޭހަތްދިނުމަށް ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ގިނަ އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ފަނޑިޔާރުންގެ މެދުގައި ހިންގާ ވައިބަ ގްރޫޕެއްގައި، ފޮނުއްވި މެސެޖްތަކަކީ ފަނޑިޔާރު ލިޔެ އެ ގްރޫޕަށް ފޮނުއްވި މެސެޖްތަކެއް ކަމަށް ގާޒީ މުހައްމަދު ނައީމް އެއްބަސްވެފައިވާ ކަމަށެވެ.

އަދި ނައީމް ފޮނުއްވި މި މެސެޖުތަކުގެ ބަސްމަގު ހުރި ގޮތުން، ވެރިންނަށް ކުރަން ޖެހޭ އަދަބު އިހުތިރާމު ކަނޑުވައިލެވި ގަދަރު ކުޑަކުރެވިފައިވާ ކަމާއި، ޑްރަގް ކޯޓުގެ ގާޒީމުހައްމަދު ނައީމްގެ މި އަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.1 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

އެހެން ކަމުން ޖޭއެސްސީ ގާނޫނުގެ ދަށުން، ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމަށް ނަސޭހަތްދިނުމަށް ފެންނަ ކަމަށް އިއްޔެ ބޭއްވި ކޮމިޝަންގެ ޖަލްސާގައި ވަނީ ނިންމާފަ އެވެ.