Advertisement

ތުރުކީ-ސީރިއާ ރިލީފް ފަންޑަށް ރާއްޖެއިން ތިން މިލިއަނެއްހާ ރުފިޔާ

16 ފެބުރުވަރީ 2023 - 14:56 0

ނިމާ ހަސަން

ނިމާ ހަސަން

މިމަހު ހަ ވަނަ ދުވަހު ތުރުކީ އަދި ސީރިއާއަށް އައި ބިންހެލުމުގައި އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައި


ތުރުކީ-ސީރިއާ ރިލީފް ފަންޑަށް ރާއްޖެއިން ތިން މިލިއަނެއްހާ ރުފިޔާ

16 ފެބުރުވަރީ 2023 - 14:56 0

ތުރުކީ އާއި ސީރިއާ ގުޅޭ ސަރަހައްދަށް މި މަހު ހަ ވަނަ ދުވަހު އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދިވެހި ރެޑް ކުރެެސެންޓުން ހުޅުވާލި ރިލީފް ފަންޑަށް 2.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށްޓަކައި ރެޑް ކްރެސެންޓުން ރިލީފް ފަންޑެއް ހުޅުވާލީ މި މަހު ހަތް ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ފަންޑަށް މުޅި ޖުމްލަ 2.99 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފަންޑު ފޮށިތަކާއި ބޭންކް ޓްރާންސްފާ މެދުވެރިކޮށް މުޅި ރާއްޖެއިން އެ ފަންޑަށް ފައިސާ ޖަަމާކޮށްފައި ވެއެވެ.

ރެޑް ކްރެސެންޓުން ބުނީ މި މަހު 11 ވަނަ ދުވަހު ކުޅުދުއްފުށީގައި އަދި 14 ވަނަ ދުވަހު މާލޭގައި ބެހެއްޓި ފަންޑު ފޮށިން އެކަނިވެސް 22،000 ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ބޭންކް ޓްރާންސްފާ މެދުވެރިކޮށް ވެސް އެހީގެ ގޮތުގައި ފައިސާ ލިބިފައިވާ ކަމަށެވެ.

ރެޑް ކްރެސެންޓުގެ މި ފަންޑަށް ލިބިފައިވާ ފައިސާ ހަވާލު ކުރަނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ އަށެވެ. އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާއިރު، ދިވެހިންގެ ފަރާތުން ލިބުނު މި އެހީ ދެފުށްފެންނަ ގޮތެއްގައި ހާލުގައި ޖެހިފައިވާ ތުރުކީ އަދި ސީރިއާ ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ރެޑް ކްރެސެންޓުން ބުނެ އެވެ.

ހަމައެއާއެކު އެ ފައިސާއިން ވެވޭ އެހީތެރިކަން ވެސް ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށް ބުނެފައި ވެއެވެ.

އޭގެއިތުރުން، އެ ދެގައުމަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ވެސް ވަނީ ރިލީފް ފަންޑެއް ހުޅުވާލާފަ އެވެ. އެ ފަންޑަށް ވަނީ 4.2 މިލިއަން ރުފިޔާ ލިބިފަ އެވެ. އެ ފަންޑު އަދިވެސް ހުރީ ހުޅުވާލާފަ އެވެ.