Advertisement

ފައިބިންދައިގެން ދިޔަ ވައިނަލްޑަމް ފަސް މަސް ފަހުން އެނބުރި ދަނޑަށް

12 ފެބުރުވަރީ 2023 - 15:14 0

ލެއްޗޭއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ތެެރެެއިން ވައިނަލްޑަމް.


ފައިބިންދައިގެން ދިޔަ ވައިނަލްޑަމް ފަސް މަސް ފަހުން އެނބުރި ދަނޑަށް

12 ފެބުރުވަރީ 2023 - 15:14 0

ރޯމް (ފެބްރުއަރީ 12) - އިޓަލީގެ ރޯމާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު، ޖިއޮޖީނިއޯ ވައިނަލްޑަމް، މިދިޔަ އޮގަސްޓް މަސް ތެރޭ ފައިބިންދައިގެންދިޔައިރު، އޭގެ ފަސް މަސް ފަހުން، ރޭ އިޓާލިއަން ލީގުގައި ރޯމާ އިން ލެއްޗޭއާ 1-1 އިން އެއްވަރުވި މެޗުގައި ވައިނަލްޑަމް ކުޅުމަށް އެނބުރި އަތުވެއްޖެ އެވެ.

ޕީއެސްޖީގެ ލޯން އެއްބަސްވުމެއްގެ ދަށުން ރޯމާއާ ގުޅުނު ވައިނަލްޑަމް، 31، ފައިބިންދައިގެންދިޔައީ އޮގަސްޓް މަހު 22 ވަނަ ދުވަހު ރޯމާ އިން ކްރެމޮނީސީއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ.

އެ ދުވަހު، ވައިނަލްޑަމްގެ ފައިގެ ކަށިގަނޑެއް ބިންދައިގެން ދިއުމާ ގުޅިގެން ވަގުތުން އޭނާ ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ވައިނަލްޑަމް އަށް އެނބުރި ކުޅުމަށް އާދެވޭނެ ތާރީހެއް ބުނަން އޭރު ރޯމާ އިން ބޭނުމެއް ނުވި އެވެ.

އަނިޔާގެ ސަބަބުން މިދިޔަ ނޮވެމްބަރާއި ޑިސެމްބަރު މަހު ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ވައިނަލްޑަމް ނުކުޅެ އެވެ. ވައިނަލްޑަމް ކުޅުމަށް އެނބުރި އައީ ރޭ ރޯމާ އިން ލެއްޗޭއާ އެއްވަރުވި މެޗުގެ ފަހު ހަތް މިނިޓަށް ނަމާންޏާ މަޓިޗްގެ ބަދަލުގަ އެވެ.

މެޗަށް ފަހު ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ވައިނަލްޑަމް އެނބުރި އައުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.

ލެއްޗޭ އިން ރޭގެ މެޗުގެ ހަތް ވަނަ މިނިޓްގައި ލީޑުނެގީ ރޯމާގެ ޑިފެންޑަރު، ރޮޖާ އިބާނިއޭޒް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން، ޕެނަލްޓީ އަކުން ރޯމާ އިން އެއްވަރުކުރީ ޕައޮލޯ ޑިބާލާ ޖެހި ގޯލުންނެވެ.

މި މެޗުގައި ރޯމާ އިން އިތުރު ގޯލެއް ނުޖެހި، އެއްވަރުވުމުގެ ނަތީޖާ އަކީ ލީގު ތާވަލުގައި ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލުމެވެ. ރޭގެ މެޗުން ރޯމާ މޮޅުވިނަމަ އެ ޓީމަށް ލީގުގެ ތިން ވަނަ އަށް އެރޭނެ އެވެ. އެކަމަކު، ރޯމާ އޮތީ ހަތަރެއްގަ އެވެ.

އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް 21 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިންޓަ މިލާނަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތީ ރޭ ލާޒިއޯ އަތުން 2-0 އިން މޮޅުވި އެޓަލަންޓާ އެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އާއި ހަތަރެއްގައި އޮތް ރޯމާ އަދި ފަސް ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 22 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި ލާޒިއޯ އޮތީ 22 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.