Advertisement

ބްރޯޑްކޮމްއަށް އައްޔަންކުރަން ރައީސްގެ ނަން ލިސްޓުގެ ކުރީގައި ނުޒުހާ

8 ފެބުރުވަރީ 2023 - 10:40 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ބްރޯޑްކޮމްގެ ނަން ލިސްޓު ކުރީގައި އޮތް އައިމިނަތު ނުޒުހާ؛ އޭނާ ވަނީ މީގެ ކުރިން ވެސް ބްރޯޑްކޮމް އަށް ކުރިމަތިލާފައި--


ބްރޯޑްކޮމްއަށް އައްޔަންކުރަން ރައީސްގެ ނަން ލިސްޓުގެ ކުރީގައި ނުޒުހާ

8 ފެބުރުވަރީ 2023 - 10:40 1

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލާފައިވާ ނަންތަކަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ބްރޯޑްކޮމް އަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެންނަ އިސްކަންދޭ ތަރުތީބުން ފޮނުއްވި ނަން ލިސްޓުގައި ފަސް ބޭފުޅެއްގެ ނަން ހިމެނެ އެވެ.

  1. އައިމިނަތު ނުޒުހާ، ރިވޯޑް ހއ.ހޯރަފުށި
  2. ހުސައިން އަމްރު، ވ. ރޯޝަން
  3. ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
  4. މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ، ގދ. ތިނަދޫ
  5. މަރިޔަމް މުނާ، ބޯގަންވިލާ، ސ. ފޭދޫ

ރައީސްގެ ލިސްޓުގެ އެންމެ ކުރީގައިވާ ނުޒުހާއަކީ މީގެ ކުރިން ވެސް ބްރޯޑްކޮމްއަށް ކުރިމަތިލައިފައިވާ އަދި ރައީސް އިސްކަންދެއްވާ ލިސްޓުގެ ކުރީގައި ހިމެނުނު ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ރާއްޖެޓީވީގައި މަސައްކަތް ކުރައްވައިފަ އެވެ.

ބްރޯޑްކޮމްގެ ގޮނޑިއެއް ހުސްވެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް އެ މަގާމުން އިސްތިއުފާ ދެެއްވުމާ ގުޅިގެންނެވެ. ގައިސް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ އަށްވަނަ ދުވަހު އެވެ.

ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އައިމިނަތު އަމީނާ އާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.