Advertisement

ކޮޅުފުށި ހައުސިން ޔުނިޓު މަރާމާތުކޮށް ނިންމަން ހަވާލުކޮށްފި

7 ފެބުރުވަރީ 2023 - 12:05 0

ނިމާ ހަސަން

ނިމާ ހަސަން

ކޮޅުފުށި ހައުސިން ޔުނިޓު މަރާމާތުކޮށް ނިންމުމަށް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުންޏާ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


ކޮޅުފުށި ހައުސިން ޔުނިޓު މަރާމާތުކޮށް ނިންމަން ހަވާލުކޮށްފި

7 ފެބުރުވަރީ 2023 - 12:05 0

މ. ކޮޅުފުށި ހައުސިން ޔުނިޓު މަރާމާތުކޮށް, ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފި އެވެ.

ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފައި މިވަނީ 117 މިލިއަން ރުފިޔާއަށެވެ.

މި މަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގަ އެވެ. އެހެންކަމުން, ކޮޅުފުށީގެ 100 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމާ ހަވަލުކުރަންޖެހޭ އެންމެ ފަހު ތާރީހަކީ 2024, ފެބްރުއަރީ 7 އެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ތިން ކޮޓަރި އާއި ފާހާނާ ހިމެނޭއިރު, ސިޓިން ރޫމާއި, ބަދިގެ އާއި, ކާގެ އާއި ލޯންޑްރީ އަދި ސްޓޯ ރޫމު ހިމެނޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމެވެ.