Advertisement

ރެއާލްގެ ބެންޒެމާ އާއި ކޯޓުއާ ކްލަބު ވޯލްޑް ކަޕްގައި ނުފެންނާނެ

7 ފެބުރުވަރީ 2023 - 10:24 0


ރެއާލްގެ ބެންޒެމާ އާއި ކޯޓުއާ ކްލަބު ވޯލްޑް ކަޕްގައި ނުފެންނާނެ

7 ފެބުރުވަރީ 2023 - 10:24 0

މެޑްރިޑް (ފެބްރުއަރީ 7) - އަނިޔާގެ ސަބަބުން ފީފާ ކްލަބު ވޯލްޑް ކަޕަށް ރެއާލް މެޑްރިޑުން ނެގި ސްކޮޑުުން އެ ޓީމުގެ ކެޕްޓަން ކަރީމް ބެންޒެމާ އާއި ގޯލްކީޕަރު ތީބޯ ކޯޓުއާ އަށް ފުރުސަތު ގެއްލިއްޖެ އެވެ.

މިދިޔަ އަހަރުގެ ފީފާ ބެލޮންޑޯ އެވޯޑް ކާމިޔާބުކުރި ބެންޒެމާ، 35, އަށް އަނިޔާވީ ސްޕެނިޝް ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މި ސީޒަންގައި ބެންޒެމާ އަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ވެސް ބެންޒެމާ އަށް ގެއްލުނީ އަނިޔާގެ މައްސަލައަކާ ގުޅިގެންނެވެ.

ކޯޓުއާ އަށް އަނިޔާވީ ސްޕެއިން ލީގުގައި އާދިއްތަ ދުވަހުގެ ރޭ މަޔޯކާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗަށް އެރުމަށް ވޯމަޕް ކުރަނިކޮށެވެ. އެ މެޗުގައި ކޯޓުއާގެ ބަދަލުގައި ރެއާލްގެ ގޯލު ބެލެހެއްޓީ ޔޫކްރޭންގެ ގޯލްކީޕަރު އަންދްރޭ ލުނިން އެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އާއި ފާލާންޑް މެންޑީ، އެޑެން ހަޒާޑް އަދި ލޫކަސް ވަޒްކޭޒަށް ވެސް އަނިޔާގެ މައްސަލަތަކާ ހެދި ކްލަބު ވޯލްޑް ކަޕްގައި ނުކުޅެވޭނެ އެވެ.

ރެއާލްގެ އުންމީދަކީ އަނިޔާގެ ލިސްޓުގައި މި ވަގުތު ތިބި ކުޅުންތެރިން ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ މެޗަށް ފިޓްވުމެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ރެއާލުން ކުޅެން ޖެހިފައި އޮތީ މިދިިޔަ އަހަރުގެ ފައިނަލުގައި އެ ޓީމު އަތުން ބަލިވި ލިވަޕޫލް އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ބުދަ ދުވަހު ރެއާލްއާ ދެކޮޅަށް ނުކުންނާނީ މިސްރުގެ އަލް އަހްލީ އެވެ.