Advertisement

ބިންހެލުމާ ހެދި ތުރުކީގެ ފުޓްބޯޅަ ސީޒަން ހުއްޓުމަކަށް

7 ފެބުރުވަރީ 2023 - 09:57 0

ބިންހެލުމުގެ އަސަރުކޮށްފައިވާ ތުރުކީގެ އިމާރާތެއް އަރިއަޅާލާފައި.


ބިންހެލުމާ ހެދި ތުރުކީގެ ފުޓްބޯޅަ ސީޒަން ހުއްޓުމަކަށް

7 ފެބުރުވަރީ 2023 - 09:57 0

އިސްތަންބޫލް، ތުރުކީ (ފެބްރުއަރީ 7) - ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ ބިންހެލުމަކާ ގުޅިގެން ތުރުކީގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު، އެ ގައުމުގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލަން ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.

ބިންހެލުމުގެ އަސަރު ތުރުކީ އާއި ސީރިއާ އަށް ކޮށްފައިވާއިރު، މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 3000 އަށް ވުރެ އިތުރުވެފަ އެވެ.

ތުރުކީގެ ގަޒިއަންޓެޕް ސަރަހައްދަށް އެންމެ ފުރަތަމަ ބިންހެލުމުގެ އަސަރުކުރިއިރު، ފަހުން އެކި ސަރަހައްދުތަކަށް ވަނީ އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރޭގައި ސީރިއާގައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އެ ގައުމު ދޫކޮށް ތުރުކީ އަށް ހިޖުރަކުރި މީހުން އުޅޭ ސަރަހައްދުތައް ވެސް ހިމެނެ އެވެ.

ހަތެޔާސްޕޯ އަށް ބަދަލުވުމަށް ފަހު އަޓްސޫ (ކ) އެ ކްލަބްގެ ސީނިއާ އޮފިޝަލަކާ އެކު:


ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލަން ނިންމާފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ. މެދުކަނޑާލިއިރު، މިރެ އަށް ޝެޑިއުލްކޮށްފައި ތުރުކީގެ ސުޕަ ލީގުގެ ތިން މެޗެއް އޮތެވެ. ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކު، އެ ގައުމުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ހާލަތުން އަރައިނުގަނެވެނިސް ލީގު އަލުން ނުފަށާނެ ކަމަށެވެ.

ތުރުކީގެ ސުޕަ ލީގުގައި ކުޅެމުން އަންނަ ހަތެޔާސްޕޯ އަށް ކުޅޭ ގާނާގެ މިޑްފީލްޑަރު، ކްރިސްޓިއަން އަޓްސޫ ދިރިއުޅޭ ސަރަހައްދަށް ވެސް ބިންހެލުމުގެ އަސަރުކޮށްފައިވާއިރު، އޭނާ ގެއްލިފައިވާ ކަމަށް ހަތެޔާސްޕޯގެ ނައިބު ރައީސް މުސްތަފާ އޯޒާތު ވަނީ ބުނެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ހަތެޔާސްޕޯ އަށް ބަދަލުވި، އަޓްސޫ، 31 ގެ އިތުރުން، އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓަރު، ތަނޭރު ސަވޫތު ވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޯޒާތު އޭރު ވަނީ ބުނެފަ އެވެ. އޯޒާތު ބުނީ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި އަޓްސޫ އާއި ތަނޭރު ވާނެ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ، ރެސްކިއު ޓީމުތަކާ އެކު އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިނގިރޭސި މީޑިއާ، "ދި ގާޑިއަން" އިން ރިޕޯޓްކުރާގޮތުގައި ރެސްކިއު ޓީމަށް އަޓްސޫ ފެނިގެން އޭނާ އަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.