6 ފެބުރުވަރީ 2023 - 05:06 1
އަހުމަދު އާއިދު
ދިވެހި މަސްވެރިން އައިނަކުން މަސް ބާނަނީ: މަހުގެ ޑިއުޓީއަށް ލުޔެއް ލިބުމުގާ އިތުރަށް ގިރާކުރަން ޖެހޭ އޮޅިއެއް ދެން ނެތް ކަމަށް މިއަދު ރައީސް ވިދާޅުވެއްޖެ -- ފޮޓޯ: ފައިލް
6 ފެބުރުވަރީ 2023 - 05:06 1
ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީއަށް ލުޔެއް ލިބުމުގައި ގިރާކުރަންޖެހޭ އޮޅިއެއް ދެން ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު މިހެން ވިދާޅުވީ ރާއްޖެއިން ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް އިޝާރާތް ކުރައްވަމުންނެވެ.
"މަހުގެ ޑިއުޓީއާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިހާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑު," ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ޑިއުޓީ ކުޑަވުމާއި ސަރުކާރުން މިފްކޯގެ ކެޕޭސިޓީ ބޮޑުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ސަބަބުން މަހުގެ އަގަށް އަނެއްކާވެސް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ. އަދި މިދިޔަ އަހަރު އެމަނިކުފާނު ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް މިދިޔަ މާޗު މަހުން ފެށިގެން މަހުގެ އަގު ބޮޑުކުރައްވާފައިވާނެ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސޯދުގައި މަސްވެރިކަމުގެ ސިނާއަތް ކުޅެދޭ ހާއްސަ ރޯލު ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކޮވިޑާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވި ގިލަންވެރިކަމުން ރާއްޖެ އަރައިގަނެވުނު މައިގަނޑު ސަބަބަކީ މަސްވެރިކަން ކަމަށެވެ.
"ރާއްޖޭގެ ބޯޑަރު ބަންދުވި ހިނދު، ވަށާ މިވާ މަސްކަނޑުތަކަށް ފެތުރިގަތް ދިވެހި މަސްވެރިން ކުރި ހިތްވަރާ ދެއްކި ފަންވަރަކީ އޭގެ ހަގީގީ ސިއްރު," ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ނިމިދިޔަ 2022 ވަނަ އަހަރަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މަސް މިފްކޯއިން ގަތް އަހަރުކަން ފާހަގަކުރައްވާ ރައީސް މިދިޔަ އަހަރު ސަރުކާރުން މަސްވެރިންނަށް ޖުމްލަ އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި ކަމަށެވެ.
އީޔޫގެ ގައުމުތަކުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށް، ތަރައްގީވަމުުން އަންނަ ގައުމުތަކުގެ ލިސްޓަށް 2011 ވަނަ އަހަރު ރާއްޖެ އެރުމުންނެވެ.
ޑިއުޓީ މާފުކޮށްދޭން އެދި އޭގެ ފަހުން އެކި ސަރުކާރުތަކުން އީޔޫއާ އެކު ތަކުރާރުކޮށް މަޝްވަރާތައް ކުރި ނަމަވެސް އީޔޫއިން އަންނަނީ އެކަމުގައި އެކިއެކި އުޒުރުތަށް ދައްކާ މިހާތަނަށް އީޔޫއިން އެކަމަށް ހައްލެއް ހޯދަ ދީފައެއް ނުވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަގުދާސް ހަކީމް
about 2 years ago
ރާއްޖޭގައި ހުރިހާ ދީނަކަށް އުޅެން ހުއްދަ ދިނުމާއި ކޮންމެ ދިވެހި ރައްޔިތަކީ މުސްލިމަކަށް ވާންޖެހޭ ގޮތަށް ގާނޫނު އަސާސީގައި އޮންނަ އޮތުން ބަދަލުކޮށް ނިމުނީތޯ .
Comment