Advertisement

ކުޑަގިރިއަށް ދަތުރު ބުކްކޮށްލެވޭ ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

5 ފެބުރުވަރީ 2023 - 03:02 0

އަހުމަދު އާއިދު

އ

Advertisement

މާލެ ސަރަހައްދުގައި ދަތުރު ދިއުމަށް ތައްޔާރުކުރި ކުޑަގިރި: މި މަހު 11 ގައި އެ ރަށް ހުޅުވާނެ -- ފޮޓޯ: އެޗްޑީސީ

ކުޑަގިރިއަށް ދަތުރު ބުކްކޮށްލެވޭ ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

5 ފެބުރުވަރީ 2023 - 03:02 0

Advertisement

Advertisement

މާލެ ސަރަހައްދުގައި ސަރުކާރުން ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑަށް ހާއްސަކޮށްގެން ފަރުމާކުރި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.

މި މަހު 11 ގައި އެ ރަށް ހުޅުވުމަށް ތައްޔާރުވެފައިވާއިރު، އެ ރަށް އޮޕަރޭޓްކުރާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ މި އެޕްލިކޭޝަނަކީ ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް ފަސޭހަކުރުމަށް ފަރުމާކުރި އެޕްލިކޭޝަނެއް ކަމަށެވެ.

Advertisement

އެގޮތުން މި އެޕުން ކުޑަގިރީގެ ކޮޓަރިތަކާއި އިތުރު ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން އެ ހިދުމަތްތައް ބުކް ވެސް ކުރެވޭނެ އެވެ.

މި އެޕްލިކޭޝަން ސްޓޯރުންނާއި ޕްލޭ ސްޓޯރުން މިހާރު މި އެޕް ޑައުންލޯޑްކުރެވޭނެ އެވެ.

Advertisement

ފެބްރުއަރީ 11 ގައި ކުޑަގިރި ޕިކްނިކް އައިލެންޑު ހުޅުވަނީ

ކުޑަގިރި ތަރައްގީކޮށް ހުޅުވާނެ ތާރީހެއްގެ ގޮތުގައި އެ ރަށް ތަރައްގީކުރުމުގައި ބައިވެރިވި ސަރުކާރުގެ ކުންފުނިތަކުން ފުރަތަމަ ދިން ތާރީހަކީ މިދިޔަ އަހަރުގެ ޖުލައި 26 ގަ އެވެ. ނަމަވެސް އެކި ސަބަބުތަކާހެދި އެ ރަށުގެ މަސައްކަތް ލަސްވެ މިދިޔަ އަހަރުގެ ތެރޭގައި އެ ރަށް ހުޅުވޭ ގޮތް ވަނީ

ފެރީގައި 15 ވަރަކަށް މިނަޓުން ދެވޭ ކުޑަގިރީގައި ޕިކްނިކް އައިލެންޑެއްގައި ހުންނާނެ ޒަމާނީ ގިނަ ވަސީލަތްތަކާއި ކުޅިވަރުކުޅެވޭނެ އިންތިޒާމުތައް ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން މިސްކިތަކާއި، ކްލިނިކެއްގެ އިތުރުން، ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއް އަދި ކެފޭއަކާއި ޕިކްނިކް ދާ މީހުންނަށް ދޫކުރަން ހާއްސަ 12 ކޮޓަރި ކުޑަގިރީގައި ހުންނާނެ އެވެ.

މީގެއިތުރުން ކުޑަގިރިޔަށް ދަތުރު ދިޔުމުގެ އިތުރުން އެ ތަނުގައި ކައިވެނި ހަފުލާތަކާއި، އުފަން ދުވަހުގެ ޕާޓީތަކާއި އެހެން ހަރަކާތްތަކާއި ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށް ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ޓޫރިސްޓުންނަށް ޒިޔާރާތްކުރެވޭނެ އެވެ.