Advertisement

ފެބްރުއަރީ 11 ގައި ކުޑަގިރި ޕިކްނިކް އައިލެންޑު ހުޅުވަނީ

1 ފެބުރުވަރީ 2023 - 12:46 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުޑަގިރީގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ސޯލިހު މިދިޔަ އަހަރުގެ ތެރޭގައި އެ ރަށަށް ކުރެއްވި ޒިޔާރާތްތަކުގެ ތެރެއިން -


ފެބްރުއަރީ 11 ގައި ކުޑަގިރި ޕިކްނިކް އައިލެންޑު ހުޅުވަނީ

1 ފެބުރުވަރީ 2023 - 12:46 1

މާލެ ސަރަހައްދުގައި ސަރުކާރުން ގާއިމުކުރި ޕިކްނިކް އައިލެންޑް ކ. ކުޑަގިރި، އަންނަ މަހުގެ 11 ވަނަ ދުވަހު ހުޅުވަން ހަމަޖެހިއްޖެ އެވެ.

އެ ތާރީހުގައި ކުޑަގިރި ހުޅުވާކަން އެ ރަށް ހިންގާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

ކުޑަގިރި ތަރައްގީކޮށް ހުޅުވާނެ ތާރީހެއްގެ ގޮތުގައި އެ ރަށް ތަރައްގީކުރުމުގައި ބައިވެރިވި ސަރުކާރުގެ ކުންފުނިތަކުން ފުރަތަމަ ދިން ތާރީހަކީ މިދިޔަ އަހަރުގެ ޖުލައި 26 ގަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެ ރަށުގެ މަސައްކަތް ލަސްވެ މިދިޔަ އަހަރުގެ ތެރޭގައި އެ ރަށް ހުޅުވޭ ގޮތް ވަނީ ނުވެފަ އެވެ.

ބިން ހިއްކައިގެން ހެދި ކުޑަގިރީގެ މަސައްކަތް ނިންމާފައިވަނީ ސަރުކާރުގެ ކުންފުނިތައް ކަމަށްވާ އެޗްޑީސީ، އެމްޓީސީސީ، ފެނަކަ، އަދި ސްޓެލްކޯގެ ބައިވެރިވުމާއެކު އެވެ.

ފެރީގައި 15 ވަރަކަށް މިނަޓުން ދެވޭ ކުޑަގިރީގައި ޕިކްނިކް އައިލެންޑެއްގައި ހުންނާނެ ޒަމާނީ ގިނަ ވަސީލަތްތަކާއި ކުޅިވަރުކުޅެވޭނެ އިންތިޒާމުތައް ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން މިސްކިތަކާއި، ކްލިނިކެއްގެ އިތުރުން، ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއް އަދި ކެފޭއަކާއި ޕިކްނިކް ދާ މީހުންނަށް ދޫކުރަން ހާއްސަ 12 ކޮޓަރި ކުޑަގިރީގައި ހުންނާނެ އެވެ.

މީގެއިތުރުން ކުޑަގިރިޔަށް ދަތުރު ދިޔުމުގެ އިތުރުން އެ ތަނުގައި ކައިވެނި ހަފުލާތަކާއި، އުފަން ދުވަހުގެ ޕާޓީތަކާއި އެހެން ހަރަކާތްތަކާއި ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށް ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ޓޫރިސްޓުންނަށް ޒިޔާރާތްކުރެވޭނެ އެވެ.