2 ފެބުރުވަރީ 2023 - 10:46 0
މުހައްމަދު ހަފީޒު
2 ފެބުރުވަރީ 2023 - 10:46 0
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިންޓާންޝިޕް ޕްރޮގްރާމް 10 ދަރިވަރަކު ފުރިހަމަކޮށްފި އެވެ.
އިންޓާންޝިޕް ޕްރޮގްރާމު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުންނަށް އެ ކުންފުނީގައި ހުރި ވަޒީފާތަކުގެ މައުލޫމާތު ދީ، އެ ވަޒީފާތަކަށް އަހުލުވެރި ކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި އިންޓާންޝިޕް މެދުވެރިކޮށް ދަރިވަރުންނަށް ތަފާތު ކަންތައްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުތައް ލިބިފައިވާ ކަމަށާއި މިފަދަ އިންޓާންޝިޕް ޕްރޮގްރާމްތަކުން ވަރަށް ގިނަ ކަންކަން ދަސްވާ ކަމަށެވެ. އަދި މިފަދަ ފުރުސަތެއް ފަހިކޮށް ދެއްވި ކަމަށްޓަކައި އެމްޕީއެލްއަށް ޝުކުރު އަދާކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދަރިވަރުން ހަމައެކަނި ކިޔެވުމަށް ހުސްނުކޮށް، މިކަހަލަ އަމަލީ މަސައްކަތްތައް ދަރިވަރުންނަށް ފަހިކޮށް ދިނުމަށް ބެލެނިވެރިން ކިބައިން މިނިސްޓާރު ވަނީ އެދިވަޑައިގެންފަ އެވެ.
ރަސްމިއްޔާތަށް ފަހު މިނިސްޓަރު ވަނީ އިންޓާންޝިޕް ޕްރޮގްރާމުގެ ބައިވެރިންގެ މަސައްކަތް ދައްކައިދޭ ޕޯޓްފޯލިއޯ ބައްލަވާލައްވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment