Advertisement

ފިލީޕޭ، ޝެލްވީ އަދި ގޯލްކީޕަރު ނަވާސް ފޮރެސްޓަށް

1 ފެބުރުވަރީ 2023 - 12:22 0


ފިލީޕޭ، ޝެލްވީ އަދި ގޯލްކީޕަރު ނަވާސް ފޮރެސްޓަށް

1 ފެބުރުވަރީ 2023 - 12:22 0

ލަންޑަން (ފެބްރުއަރީ 1) - ޖެނުއަރީ ޓްރާންސްފާގެ ފަހު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓުން އެތުލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު ފިލީޕޭ އާއި ނިއުކާސަލް ޔުނައިޓަޑްގެ މިޑްފީލްޑަރު ޖޮންޖޯ ޝެލްވީ އަދި ތަޖުރިބާކާރު ގޯލްކީޕަރު ކޭލޯ ނަވާސް އެ ކްލަބަށް ގެނެސްފި އެވެ.

ކުރިން ލިވަޕޫލާއި ސްވަންސީ ސިޓީ އަށް ކުޅުނު ޝެލްވީ ،30، މި ސީޒަންގެ ޕްރިމިއާ ލީގުގައި ނިއުކާސަލް އަށް ކުޅުނީ އެންމެ ތިން މެޗެވެ. އަދި އެ ކްލަބާ އެކު އޭނާ ހަދާފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ޝެލްވީ ވަނީ ފޮރެސްޓާ އެކު ދެ އަހަރާއި ބައިގެ ކޮންޓުރެކްޓެއް ހަދައިފަ އެވެ.

އެތުލެޓިކޯ އަށް ކުޅެމުންދިޔަ ބްރެޒިލްގެ ޑިފެންޑަރު ފެލީޕޭ ފޮރެސްޓަށް ބަދަލުވީ 2024 ވަނަ އަހަރާ ހަމައަށެވެ. ފެލީޕޭ ،33، ފޮރެސްޓަށް މި ބަދަލުވީ އެތުލެޓިކޯގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް މި ސީޒަންގައި އޭނާ އަށް އުނދަގޫވެފައި ވަނިކޮށެވެ.

ޕީއެސްޖީ އަށް ކުޅެމުންދިޔަ ކޮސްޓަ ރީކާގެ ތަޖުރިބާކާރު ގޯލްކީޕަރު ނަވާސް ،36، ފޮރެސްޓަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަަށެވެ. ފޮރެސްޓުން ނަވާސް ގެނައީ އެ ޓީމުގެ އެއް ވަނަ ގޯލްކީޕަރު ޑީން ހެންޑަސަން އަށް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައިވާތީ އެވެ. ހެންޑަސަން ހުރީ ފޮރެސްޓްގައި މި ވަގުތު ހުރީ މެންޗެސްޓާ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގަ އެވެ.

ރެއާލް މެޑްރިޑްގައި ހޭދަކުރި ފަސް ސީޒަންގައި ނަވާސް ވަނީ ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ނަވާސް، އެންމެ ފުރަތަމަ ފޮރެސްޓްގެ ހުށަހެޅުމަށް ފުރަގަސްދިނުމުން، އެ ޓީމުން ވަނީ ޕީއެސްޖީގެ ތިން ވަނަ ކީޕަރު، ސްޕެއިންގެ ސާޖިއޯ ރިކޯ އަށް ވެސް ފާރަލައިފަ އެވެ. އެކަމަކު، ފަހުން، ނަވާސް ލިބޭ ގޮތްވުމުން ފޮރެސްޓް އެންމެ ފުރަތަމަ ބޭނުންވި ގޮތަށް ޑީލް ހެދީ އެވެ.

މި ތިން ކުޅުންތެރިންނާއެކު، ފޮރެސްޓުން ވަނީ ޖެނުއަރީގެ ޓްރާންސްފާގައި ސްކޮޑް ވަރުގަދަ ކުރަން ޖުމްލަ ހަ ކުޅުންތެރިން ހޯދައިފަ އެވެ.