Advertisement

13 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު މީހަކު ހައްޔަރުކޮށްފި

30 ޖަނަވަރީ 2023 - 12:14 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު


13 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު މީހަކު ހައްޔަރުކޮށްފި

30 ޖަނަވަރީ 2023 - 12:14 0

ފުރާވަރުގެ އަންހެން ކުއްޖަކާ ބެހުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހއ. ހދ އަދި ށ. ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ 28 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން 60 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައާ ގުޅިގެން އެ ރަށު ކައުންސިލުން އަދަދު އަށް ބުނީ، އެމީހާ ހައްޔަރުކޮށްފައިވަނީ ތަންކޮޅެއް ކުރިން ހިނގާފައިވާ ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން ކަމާއި, އެމީހާ ހައްޔަރުނުކޮށް ހުރުމުން ރޭގެ ވަގުތެއްގައި ފުލުހުންނާ ހަވާލުކުރީ ކަމަށެވެ.

އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.