Advertisement

އިޒްރޭލުން "ޓެރަރިސްޓް އާއިލާތަކުގެ" ހައްގުތައް ހިފަހައްޓަނީ

29 ޖަނަވަރީ 2023 - 08:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ސަރުކާރުގެ ވެރިން. -- ފޮޓޯ: ފްލޭޝް90


އިޒްރޭލުން "ޓެރަރިސްޓް އާއިލާތަކުގެ" ހައްގުތައް ހިފަހައްޓަނީ

29 ޖަނަވަރީ 2023 - 08:18 0

ފާއިތުވި ހަފުތާ ބަންދުގައި އިރުމަތީ ގުދުސްގައި ދިން ހަމަލާތަކާ ގުޅިގެން "ޓެރަރިސްޓް އާއިލާތަކުގެ" ބައެއް ހައްގުތައް ހިފަހައްޓަން އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމައިފި އެވެ.

ހުކުރު ދުވަހު ޔަހޫދީ ފައްޅިއެއް ކައިރީގައި ދިން ހަމަލާގައި ހަތް މީހުން މަރުވި އެވެ. ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި ދެ މީހުންނަށް އަނިޔާވި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަށް ފަހު ސެކިއުރިޓީ ކެބިނެޓުން ނެރުނު ބަޔާނުގައި ބުނީ "ޓެރަރިސްޓުންނާއި އެ މީހުންނަށް ތާއީދު ކުރާ މީހުންނާ މެދު އަޅާނެ ފިޔަވަޅުތަކެއް ނިންމި" ކަމަށެވެ.

އެގޮތުން "ޓެރަރިސްޓުންގެ އާއިލާތަކަށް" އިޖުތިމާއީ ރައްކާތެރިކަމުގެ ހައްގު ނުދިނުމަށާއި އިޒްރޭލް އައިޑީކާޑު އޮތް ނަމަ، އެ ކާޑު އަނބުރާ ނެގުމަށް ހާއްސަ ބިލެއް މަޖިލީހަށް ހުށަހެޅުމާ މެދު މަޝްވަރާ ކުރާނެ އެވެ.

ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ދޭ ހަމަލާތަކަށް "އަވަސް އަދި ވަރުގަދަ" ރައްދެއް ދޭނެ ކަމަށެވެ.

ސެކިއުރިޓީ ކެބިނެޓުން ފާސްކުރި ނިންމުންތަކަކީ އިޒްރޭލް ސަރުކާރުގައި ތިބި ކަނާއަތު ފިޔައިގެ ހަރުކަށި ވިސްނުން ގެންގުޅޭ ސިޔާސީ ޕާޓީތަކުން ބޭނުންވި ކަންކަމެވެ.

ފާއިތުވި ހަފުތާ ބަންދުގައި މަޝްރަހު ހޫނުވީ، މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުން ހުޅަނގު އައްސޭރީގައި ހަމަލާ ދީ ފަލަސްތީނުގެ 10 މީހުން މަރާލުމާ ގުޅިގެންނެވެ.