Advertisement

އިރާނުގެ އަސްކަރީ ސައިޓަކަށް ޑްރޯން ހަމަލާއެއް ދީފި

29 ޖަނަވަރީ 2023 - 07:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޑްރޯންއެއް. -- ފޮޓޯ: ދަ ނިއުސް މިނިޓް


އިރާނުގެ އަސްކަރީ ސައިޓަކަށް ޑްރޯން ހަމަލާއެއް ދީފި

29 ޖަނަވަރީ 2023 - 07:21 0

އިރާނުގެ މެދުތެރޭގައި އޮންނަ އިސްފަހާން ސިޓީގެ އަސްކަރީ ސައިޓަކަށް ޑްރޯން ހަމަލާއެއް ދޭން އުޅެނިކޮށް ހުއްޓުވައިފި އެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ބަޔާނެއްގައި ބުނީ އެއީ "ނާކާމިޔާބު ހަމަލާއެއް" ކަމަށެވެ. އެކަމުގެ ފަހަތުގައި ތިބީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ރޭގަނޑު 11:30 ހާއިރު ހަމަލާ ދޭން އުޅެނިކޮށް އެއާ ޑިފެންސުން އެއް ޑްރޯން ހުއްޓުވި އެވެ. އިތުރު ދެ ޑްރޯން "ޑިފެންސް ޓްރެޕްގައި" ޖެހި ގޮވި ކަމަށް އިރާނުން ބުންޏެވެ.

"ނަސީބަކުން، މި ނާކާމިޔާބު ހަމަލާގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައެއް ނުވޭ. އެހެން ނަމަވެސް އިމާރާތްތަކަށް ކުދި ގެއްލުންތަކެއް ލިބުނު."

އިރާނުގެ އަސްކަރީ، ނިޔުކްލިއާ އަދި ސިނާއީ ފެސިލިޓީތަކުގައި ގޮވުންތައް ގޮވައި އަލިފާން ރޯވުމުގެ ހާދިސާތައް ހިނގުން ފަހަކަށް އައިސް ވަރަށް އާއްމެވެ.

މިދިޔަ ޖުލައި މަހު އިޒްރޭލާ ގުޅިގެން އިސްފަހާންގައި ހުންނަ ޑިފެންސް ފެސިލިޓީއެއް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތުގައި ކުރުދީންތަކެއް ހައްޔަރު ކުރި އެވެ.