Advertisement

ބަޑި ޖެހި ކަމަށް ބުނެ ފަލަސްތީނުގެ 13 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

29 ޖަނަވަރީ 2023 - 05:36 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލް ސިފައިން ހާއްސަ އޮޕަރޭޝަނެއްގައި. -- ފޮޓޯ: ރޮއިޓާޒް


ބަޑި ޖެހި ކަމަށް ބުނެ ފަލަސްތީނުގެ 13 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

29 ޖަނަވަރީ 2023 - 05:36 0

ހޮނިހިރު ދުވަހު ގުދުސްގައި ބަޑިން ހަމަލާދިންކަމުގެ ތުހުމަތުގައި އިޒްރޭލް ފުލުހުން އުމުރުން 13 އަހަރުގެ ފަލަސްތީން ކުއްޖަކު ހައްޔަރުކޮށްފި އެވެ.

އެ ކުއްޖާއަށް ތުހުމަތު ކުރާ ހަމަލާގައި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އެ ސަރަހައްދުގައި ތިބި މީހުން އެ ކުއްޖާގެ ގަޔަށް ވެސް ބަޑި ޖެހި އެވެ.

އެ ކުއްޖާއަށް ލިބުނު ޒަހަމްތަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ކުރަމުންނެވެ. ހޮސްޕިޓަލުގައި ބާއްވާފައި އޮތީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.

ހޮނިހިރު ދުވަހު ގުދުސްގައި ހަމަލާ ދީ ދެ މީހުންނަށް އަނިޔާވި އިރު، ހުކުރު ދުވަހު ވެސް އިރުމަތީ ގުދުސްގައި ޔަހޫދީންގެ ފައްޅިއެއް ކައިރީ ބަަޑި ޖަހައި ހަތް މީހުން މަރުވި އެވެ.

ހުކުރު ދުވަހުގެ ހަމަލާގެ ތުހުމަތަށް 42 މީހުން ހައްޔަރުކޮށްފައިވެ އެވެ. އިޒްރޭލުން ބުނީ "ޓެރަރިޒަމްގެ" އަމަލުތައް އިތުރުވަމުންދާ ކަމަށެވެ.

ޔަހޫދީންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ އިރު، އިޒްރޭލުން މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި ފަލަސްތީނުގެ 10 މީހުން މަރާލި އެވެ.