Advertisement

އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ޓެކްސީ ޑްރައިވަރު ބަންދަށް

28 ޖަނަވަރީ 2023 - 16:42 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޖިންސީ ފުރައްސާރަކުރި އައްޑޫ ޓެކްސީ ޑްރައިވަރެއް ބަންދަށް --


އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ޓެކްސީ ޑްރައިވަރު ބަންދަށް

28 ޖަނަވަރީ 2023 - 16:42 0

އައްޑޫ ސިޓީ ހިދަދޫގައި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ޓެކްސީ ޑްރައިވަރު ބަންދު ކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 44 އަހަރުގެ އެ ޓެކްސީ ޑްރައިވަރަށް 15 ދުވަހުގެ ބަންދެއް ޖެހީ އިއްޔެ ކަމަށެވެ. އެ މައްސަލަ ތަހުގީގީ މަރުހަލާގައި އޮތުމުން އިތުރު ތަފްސީލެއް އެ އިދާރާއަކުން ހާމައެއް ނުކުރެ އެވެ. އަދި އެމީހާގެ ވަނަވަރު ވެސް މިހާތަނަށް ހާމަކޮށްފައިނުވެ އެވެ.

ޓެކްސީ ޑްވައިވަރު ފުރައްސާރަ ކުރީ ދުއްވި ޓެކްސީއަށް އެރި އަަންހެން ފަސިންޖަރަކަށެވެ. އެ އަންހެން މީހާ ވަަނީ ޓެކްސީ ޑްރަައިވަރު އުޅުނު ގޮތް ވީޑިއޯކޮށް މީސް މީޑިއާގައި އާންމުކޮށްފަ އެވެ. އެ އަންހެން މީހާ ވަނީ އެކަން ސިއްރުކޮށްދިނުމަށް އެދި ކުރި މެސެޖުތައް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް ހުށަހެޅުނީ މިދިޔަ ބުދަ ދުވަހު ކަމަށެެވެ.