Advertisement

ގަލަންތަކަކާ ހެދި ގައްދޫގައި މަޝްރަހު ހޫނުވެ، ވޯޓު ކަރުދާސްތައް ހަލާކުކޮށްފި

28 ޖަނަވަރީ 2023 - 13:31 1

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ގައްދޫ ވޯޓު ފޮށި ސަރަަހައްދުގައި ހަމަނުޖެހުން ހިންގަނީ --


ގަލަންތަކަކާ ހެދި ގައްދޫގައި މަޝްރަހު ހޫނުވެ، ވޯޓު ކަރުދާސްތައް ހަލާކުކޮށްފި

28 ޖަނަވަރީ 2023 - 13:31 1

ހިންގަމުންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ގދ. ގައްދޫ ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓުފޮށި ފަޅާލައި، ގިނަ އަދަދެއްގެ ވޯޓު ކަރުދާސް ހަލާކުކޮށްލައިފި އެވެ.

އެނގިފައިވާ ގޮތުގައި ގައްދޫގައި މި ހަމަނުޖެހުން ހިނގީ ވޯޓުލާ މަރުކަޒުގައި ހުރި ގަލަންތަކަކާ ގުޅިގެންނެވެ. އެ ތަނުގައި ހުރި ބައެއް ގަލަމުގައި ކެމެރާ ހުރި ކަމަށް އެއް ކެންޑިޑޭޓް ކަމަށްވާ މުހައްމަދު ނަޝީދަށް ތާއިދުކުރާ މީހުން ތުހުމަތުކުރި އެވެ.

ހަމަނުޖެހުމުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ވޯޓުލާ މަރުކަޒު އެކީހެން ވަނީ ރޫޅާލާފަ އެވެ. މޭޒުތަކުގެ މައްޗަށް މީހުން އަރާ ތިބިއިރު, ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށި އޮތީ ބިންމަތީގަ އެވެ. އެ ސަރަހައްދުގައި ހުރި ވޯޓާސް ލިސްޓްތައް ވިދާލާ މަންޒަރު ވެސް ފެނެ އެވެ.

އެ އިންތިހާބީ މަރުކަޒުގައި އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ އިލްހާމް ރަޝީދު "އަދަދު"އަށް ވިދާޅުވީ ގާތްގަނޑަކަށް 50 ހަކަށް ކަރުދާސް ފެންޖަހައިގެން ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި ސަތޭކައެއްހާ ވޯޓު ކަރުދާސް އިންތިހާބީ އޮފިޝަލުންނަށް ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

"އެ ހަމަނުޖެހުން ހުއްޓުވީ ފުލުހުން އައިސް، ވިއްސަކަށް މިނެޓް ވެއްޖެ ވޯޓުލުން މެދުކެނޑިފައި ވާތާ، ވޯޓު ފޮއްޓަކަށް އަނެއްހެން މާބޮޑު ގެއްލުމެއް ނުލިބޭ،" އެރަށު ފެނަކަ ބްރާންޗްގެ މެނޭޖަރުކަންވެސް ކުރައްވަމުން ގެންދަވާ އިލްހާމް ވިދާޅުވި އެވެ.

މިހާރު ފުލުހުން އައިސްގެން އެ ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައިވާއިރު، ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލުން ވޯޓުލުން ފެށިގެން ދާނެ ކަން އިލްހާމް ފާހަގަކުރެއްވި އެވެ.