Advertisement

އިރާނުގައި ހުންނަ އަޒަރްބައިޖާން އެމްބަސީ ތެރެއަށް ވަދެ ބަޑި ޖަހައިފި

28 ޖަނަވަރީ 2023 - 13:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ ތެހްރާންގައި ހުންނަ އަޒަރްބައިޖާން އެމްބަސީ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭއޭ


އިރާނުގައި ހުންނަ އަޒަރްބައިޖާން އެމްބަސީ ތެރެއަށް ވަދެ ބަޑި ޖަހައިފި

28 ޖަނަވަރީ 2023 - 13:51 0

އިރާނުގެ ވެރިރަށް ތެހްރާންގައި ހުންނަ އަޒަރްބައިޖާންގެ އެމްބަސީ ތެރެއަށް މީހަކު ގަދަކަމުން ވަދެ ބަޑި ޖަހައި އެކަކު މަރާލަައިފި އެވެ.

ހުކުރު ދުވަހު ރައިފަލް ބަޑިއެއް ހިފައިގެން މީހަކު އެމްބަސީ ތެރެއަށް ވަދެ ހަމަލާ ދިނުމުން މަރުވީ ސެކިއުރިޓީ ކަންކަމާ ބެހޭ ވެރިޔާ އެވެ. އޭގެ އިތުރުން ދެ ގާޑުންނަށް އަނިޔާވި އެވެ.

ތެހްރާން ފުލުހުންގެ ވެރިޔާ ޖެނެރަލް ހުސެން ތަހީމީ ވިދާޅުވީ ހަމަލާ ދިނީ "ޒާތީ އަދި އާއިލީ މައްސަލަތަކާ ހެދި" ކަމަށެވެ. އެކަމަކު މިއީ އިރާނާއި އަޒަަރްބައިޖާންގެ ގުޅުން ގޯސްވެފައި އޮތް ދަނޑިވަޅެކެވެ.

އަޒަރްބައިޖާންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "އަނިޔާވެރި ހަމަލާއާ ގުޅޭ ތަހުގީގެއް ހިންގަމުންދާ" ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ އެ ގައުމުން ބުނީ އެމްބަސީގެ ހުރިހާ މުވައްޒަފުން އިވެކުއޭޓް ކުރަން ނިންމާފައިވާ ކަމަށާއި "ޓެރަރިސްޓް" ހަމަލާއަށް ޒިންމާ ވާން ޖެހެނީ އިރާނުން ކަމަށެވެ.

ސައުދީ އަރަބިއްޔާއިން ނެރުނު ބަޔާނެއްގައި އެ ހަމަލާ ކުށްވެރި ކުރުމަށް ފަހު ބުނީ "ޑިޕްލޮމެޓިކް މިޝަންތަކުގެ ހުރުމަތް ދަމަހައްޓަން ޖެހޭނެ" ކަމަށާއި އެކަމުގެ ފަހަތުގައި ތިބި މީހުން ހޯދަން ޖެހޭނެ ކަމަށެވެ.