27 ޖަނަވަރީ 2023 - 00:17 1
މުހައްމަދު ޝަހްޒާން
މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ކެމްޕޭނު ހަރަކާތުގައި ރައީސް ނަޝީދު ބައިވެރިވެލައްވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
27 ޖަނަވަރީ 2023 - 00:17 1
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި މިރޭ ކުރިއަށް ގެންދިޔަ ޖަލްސާ ކުރުކޮށްލަން ޖެހޭ ފަދަ ސަލާމަތީ އެއްވެސް ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ނުވާ ކަމަށް އެ މުއައްސަސާއިން ބުނެފި އެވެ.
ފުލުހުންގެ ފަރާތުން މީޑިއާތަކަށް ފޮނުވި ކުރު ބަޔާނެއްގައި ބުނީ އެފަދަ އެއްވެސް މައުލޫމާތެއް އެ މުއައްސަސާއަށް ލިބިފައި ނުވާ ކަމަށާއި އެކަން އިތުރަށް ކަށަވަރު ކުރުމަށް އެމްއެންޑީއެފަށް ގުޅުންމުން އެފަދަ މައުލޫމާތެއް އެ އެމްއެންޑީއެފަށް ވެސް ލިބިފައި ނުވާ ކަމަށް ބުނެ މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުންގެ ފަރާތުން އެފަދަ ބަޔާނެއް މީޑިއާތަކާ ހިއްސާ ކޮށްފައި މިވަނީ ރައީސް ނަޝީދުގެ ޖަލްސާ ކުރުކޮށްލަން ޖެހުނީ ސެކިއުރިޓީ ތުރެޓެއް އޮވެގެން ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
އެގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުހޯދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ފަހަރު ނަޝީދުގެ ކެމްޕެއިން ބައްދަލުވުންތަކުގައި ވާހަކަ ދައްކަވަނީ އެ މަނިކުފާނު އެކަންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment