Advertisement

އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ބަލަނީ

26 ޖަނަވަރީ 2023 - 17:22 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޑްރައިވަރު ޖިންްސީ ފުރައްސާރަކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުންް ބުނެފައިވޭ -- ފޮޓޯ: ވިޒިޓް މޯލްޑިވްސް


އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ބަލަނީ

26 ޖަނަވަރީ 2023 - 17:22 1

އައްޑޫގައި އަަންހެނަކަށް ޖިންސީ ފުރައްސާރަކުރި ޑްރައިވަރެއްގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި މައްސަަލަ ފުލުހުންނަށް ހުށަހަޅާފަައި ވަނީ އިއްޔެ ކަމަށެވެ. އަދި މިހާރު މި މައްސަލަަ އަަންނަނީ ތަހުގީގުކުރަމުން އަންނަ ކަަމަށް ބުންޏެވެ.

ޓެކްސީ ޑްވައިވަރު ފުރައްސާރަ ކުރީ ދުއްވި ޓެކްސީއަށް އެރި އަަންހެން ފަސިންޖަރަކަށެވެ. އެ އަންހެން މީހާ ވަަނީ ޓެކްސީ ޑްރަައިވަރު އުޅުނު ގޮތް ވީޑިއޯކޮށް މީސް މީޑިއާގައި އާންމުކޮށްފަ އެވެ. އެ އަންހެން މީހާ ވަނީ އެކަން ސިއްރުކޮށްދިނުމަށް އެދި ކުރި މެސެޖުތައް ވެސް މީސް މީޑިއާގައި އާންމުކޮށްފަ އެވެ.

އެ މައްސަަލާގައި ހިމެނޭ ޓެކްސީ ޑްރައިވަަރު ހަައްޔަރުކުރި ކަމެއް ނުވަަތަ ނޫން ކަމެއް ވެސް ފުލުހުން އަަދި ބުނެފައެއް ނުވެ އެވެ.

އަންހެނުންނަށް ކުރާ މިފަދަ ފުރައްސާރައާ ދެކޮޅަށް އެތައް ބަޔަކު އަޑު އުފުލަ އެވެ. އެހެން ނަަމަވެސް މިފަދަ މައްސަލަތައް ފެންމަތިވާ މިންވަރު މިފަހަކަށް އައިސް ރާއްޖޭގައި ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.